މާފުށި

މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވެއްޖެ

ކ. މާފުށީ ގޮނޑުދޮށުގައި އެހެލާފައި އޮތް ލޯންޗެއްގައި މިއަދު ރޯވެއްޖެ އެވެ.

ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށީ ފަޔަ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އިރުކޮޅެއް ތެރޭގައި ނިއްވާލާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ ލޯންޗުގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:34 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބުމާ އެކު މާފުށި ފަޔަ ސްޓޭޝަންގެ ފަޔަ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު މެންދުރު 12:46 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެ ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.