މާފުށި

މާފުށީގައި މާރާމާރީތަކެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި

މާފުށީގައި މާރާމާރީތަކެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާ ލިބިފައިވާ މީހަކަށް އެ ރަށު ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުންނަށް މައުލޫމާތު ؛ލިބުނީ މިއަދު ފަތިހު 5:30 ހާއިރު ކަމަށެވެ.

އަނިޔާ ލިބިފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ޒުވާނެކެވެ.

އަނިޔާ ލިބުނު މީހާއަށް އިތުރު ފަރުވާ ބޭނުންވާތީ އޭނާއަށް މިވަގުތު ފަރުވާ ދެނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލް ގައެވެ.

އަނިޔާ ލިބުނު މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

ފުލުހުން ބުނީ މިއަދު މާފުށީގައި އިތުރު މާރާމާރީއެއްވެސް ހިންގާފައިވާ ކަމަށާއި މި މާރާމާރީ އާއި ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެ މީހުންނަކީ ފަތިހު ފުރަތަމަ ހިންގި މަރާމާރީގައިވެސް ބައިވެރިވި ކަމަށް ބެލެވޭ ދެ މީހުން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.