މާފުށި

މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލަ އެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތަށް 20 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ މާފުށިން މާލެ އައިތަނާ އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ ބަންދެއް ވަނީ ދީފައެވެ.