މާފުށި

މާފުށީގައި ފަތުރުވެރިޔަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

Apr 27, 2021
1
މާފުށި ގެސްޓްހައުސްއެއް: އެ ރަށުގައި ފަތުރުވެރިޔަކަށް ހަމަލާދިން މީހަކު ވަނީ ހައްޔަރު ކޮށްފައި
0%
0%
0%

ގެސްޓް ހައުސް ރަށް، ކ. މާފުށީގެ ކާނި ގެސްޓްހައުސްގައި ޗުއްޓީ ހޭދަ ކުރަމުން އައި މިސްރުގެ ފަތުރުވެރިޔަކަށް ހަމަލާދިން ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އެ ފަތުރުވެރިޔާއަށް ހަމަލާ ދިނުމާ ގުޅިގެން ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މާފުށީގެ މީހެކެވެ. އެ މީހާ ހައްޔަރު ކުރި ނަމަވެސް އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ މާރާމާރީގައި ހަމަލާ ދިން ދިވެހި މީހާއަށައި ޓޫރިސްޓު މީހާއަށް ވެސް އަނިޔާވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345