ބޭރު ކުޅިވަރު

ވޯލްޑް ކަޕް އިންޕެކްޝަން ކޮމިޓީގެ އޮފިޝަލަކު ހަތް އަހަރަށް ސަސްޕެންޑްކޮށްފި

Jul 7, 2015

ކުރިއަށް އޮތް ދެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން މަސައްކަތް ކުރި ފީފާގެ އިންޕެކްޝަން ކޮމިޓީގެ އިސް މެމްބަރަކު އެޖަމާއަތުން ހަތް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.

ޗިލީ އަށް އުފަން ހާރޮލްޑް މާނޭ، 54، ސަސްޕެންޑް ކުރީ 2018 ވަނަ އަހަރު ރަޝިޔާގައި އަދި 2022 ވަނަ އަހަރު ގަތަރުގައި ބާއްވަން ނިންމި ވޯލްޑް ކަޕްގެ އިންސްޕެކްޝަންގެ ތެރޭގައި އޭނާގެ ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަން މަސައްކަތްކުރިކަން ތަހުގީގަށް ސާބިތުވުމުންނެވެ.

ލީކުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި މާނޭ ވަނީ ވޯލްޑް ކަޕުގެ އިންސްޕެކްޝަން ރިޕޯޓް ނެރުމުގެ ދުވަސްކޮޅެއް ކުރިން ގަތަރުން އޭނާގެ އާއިލާގެ މެމްބަރުންތަކަކަށް ވަޒީފާ ދިނުމަށް ހުށަހަޅާފަ އެވެ. މި ގޮތުން ގަތަރުގެ އެސްޕްޔާ ޔޫތު އެކަޑަމީން އޭނާގެ ދަރިފުޅާއި ބޮޑު ބޭބެ ކިޔާ ކުއްޖަކަށް ވަޒީފާދީ އަދި އޭނާގެ ތިމާގެ ކުއްޖަކަށް ޓެނިސް ކޯޗިން ރޯލެއް ދިނުމަށް ހުށަހަޅާފަ އެވެ.

ނަމަވެސް މިކަމަށް އެއްބަސްވުމަށްފަހު ގަތަރުން ފަހުން ވަނީ ބިޑަށް ހުރަސް އެޅިދާނެ ކަމަށް ބަލާފައި މިކަމަށް ގޮތެއް ނިންމުން ފަސްކޮށްފަ އެވެ. ސަބަބަކީ ގަތަރުގެ ހޫނުމިން ވޯލްޑް ކަޕް ބާއްވާ ދުވަސްވަރު 50 ޑިގްރީ އަށް އަރާތީވެ އެ ގައުމުގެ ބިޑް އެންމެ ފަހަތުގައި ރޭންކުކުރެވިފައި އޮތުމުގެ ސަބަބުންނެވެ.

މާނޭ ވަނީ ހުސްވި އަހަރު ފީފާގެ ރައީސް ކަމަށް ވާދަކުރަން އޭނާ ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ އަކީ އެމެރިކާގެ މައިކަލް ގާސިއާ މި ދެ ވޯލްޑް ކަޕާ ގުޅޭ ގޮތުން ކުރި ތަހުގީގު ރިޕޯޓް އާއްމުކުރުމަށް ފާޅުގައި ގޮވާލައިފަ އެވެ. ފީފާއިން މި ރިޕޯޓް އެއްކޮށް ހާމަކުރަން ދެކޮޅު ހަދަ އެވެ.

މާނޭ ބުނީ އޭނާގެ ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަނުގައި އިސްތިއުނާފް ކުރާނެ ކަމަށާއި ފީފާއިން އޭނާގެ ސަސްޕެންޝަން އާއްމުކުރުމުން ހައިރާންވާ ކަމަށެވެ.