ހަބަރު

ސޮނެވާފުށީގެ އެކޯ ސެންޓަރުގައި އަލިފާން ރޯވެއްޖެ

ބ. އަތޮޅު ސޮނެވާފުށި ރިސޯޓްގެ އެކޯ ސެންޓަރުގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ. އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެ ރިސޯޓްގައި މަސައްކަތް ކުރާ ބައެއް ސްޓާފުން "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި ރޯވެފައިވަނީ މިއަދު މެންދުރު އެ ރިސޯޓްގެ އެކޯ ސެންޓަރުގަ އެވެ. އެތަނަކީ އެ ރިސޯޓްގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރާ އަދި ސޯލާއިން ހަކަތަ އުފައްދާ ޕެނަލް ބޯޑްތައް ބަހައްޓާފައި ހުންނަ ތަނެކެވެ. މި ހާދިސާގައި އެ ޕެނަލް ބޯޑްތަކަށް ގެއްލުން ލިބިފައި ވެއެވެ.

އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގަައި ރިސޯޓްގެ މުއައްޒަފުން ކުރި އިރު އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ އެތަނުގައި އަލިފާން ރޯވި ތިންވަނަ ފަހަރެވެ.