ހަބަރު

ވޭން އަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

Mar 12, 2019

ތ. ތިމަރަފުށީގައި ވޭނަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެ ރަށު ހިއްކި ސަރަހައްދުން އެއާޕޯޓަށްދާ އޮންނަ މަގުގަ އެވެ.

މިއަދު ހެނދުނު 7:45 ހާއިރު ހިނގި މި އެކްސިޑެންޓްގައި ވޭނުން ޖެހުނު އަންހެން މީހާގެ ބޮލުގެ ތިން ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ތިމަރަފުށީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ވޭމަންޑޫ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އަދި އެމީހާ މާލެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.