ހަބަރު

މާލޭގައި ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ

ތާޖުއްދީން ސުކޫލް ކައިރިން ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުން ބުނީ، މިއަދު އިރުއޮއްސި 6:40 ހާއިރު ތާޖުއްދީން ސުކޫލު ކައިރިން ދުއްވާފައިދިޔަ ސައިކަލެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހާސިދާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ، ސައިކަލްގައި އަލިފާން ރޯވިތާ ގިނަ އިރުތަކެއް ނުވަނީސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އެސައިކަލަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ސާފެއް ނުވެ އެވެ.