ތ. ގުރައިދޫ

ސީބެޑެއްގައި ބެހުނު އަންހަނަކު ސަލާމަތްކޮށްފި

Mar 16, 2019

މޫދަށް އެރި ސީބެޑެއްގައި އޮތް އަންހެނަކު އޮޔާ ދަނިކޮށް ސަލާމަތް ކޮށްފި އެވެ.

ސީބެޑެއްގެ މަތީގައި އޮއްވާ އޮޔާ ދިޔައީ ތ. ގުރައިދޫގެ 19 އަހަރުގެ އަންހެނެކެވެ.

އިއްޔެ ހިނގި އެ ހާދިސާ އައީ ގުރައިދޫ ރަށުފަންނާ ދިމާއިންނެވެ. ފުލުހުން ބުނެފައި ވަނީ ސީބެޑެއްގައި އަންހެނަކު އޮޔާ ބެހެމުން ދާ ކަމަށް މައުލޫމާތު ލިބިގެން ސަލާމަތް ކުރި އިރު އޭނާ އޮތީ ކަނޑުގެ ތެރޭގައި ކަމަށެވެ.