ފޮރިން މިނިސްޓްރީގެ ލީގަލް ކައުންސިލް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަނބިކަނބަލުން އާއިޝަތު ލީޝާ އައްޔަން ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގެ އެ މަގާމަށް އޭނާ އައްޔަން ކުރީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ. އޭނާ އަށް އެ މަގާމު ދެއްވި އިރުވެސް އެ މިނިސްޓްރީގައި ހަ ބޭފުޅަކު ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި އެބަތިއްބެވި އެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އޭނާ ވާދަކުރެއްވި އެވެ.