ހަބަރު

ސައިކަލްތަކެއްގައި ހުޅުޖަހައި އަންދާލައިފި

Mar 21, 2019
1

މާފަންނު، "އިހުސާން ފިހާރަ" ކައިރީ ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައި އަންދާލާއިފި އެވެ.

ފުލުހުން ބުނީ އެ ފިހާރަ ކަައިރީ ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޭ ދަންވަރު 3:45 އެހާކަންހާއިރު ރޯކޮށްލާފައިވާ ކަމަށާއި އަލިފާން ރޯ ކޮށްލުމުގެ ސަބަބުން ހަތް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ބުނީ އެ އަލިފާނުގެ ސަބަބުން އިތުރު ދެ ސައިކަަލަކަށް ވެސް ގެއްލުންތައް ވެފައިވާ ކަމަށެވެ.

މީގެ އެ ސައިކަލުތައް ޕާކުކޮށްފައި ޒޯންގެ ކައިރިން ގެޔަކަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.