ހަބަރު

ފޮނަދޫ ހައުސިން ޔުނިޓްތަކަށް ފެނާއި ކަރަންޓް ދޭން ފެނަކަ އަށް

ލ. ފޮނަދޫގައި ގާއިމް ކުރާ 50 ހައުސިންގް ޔުނިޓަށް ފެނާއި ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ހައުސިންގް މިނިސްޓްރީ އިން ފެނަކަ ކުންފުންޏާ މިއަދު ހަވާލު ކޮށްފި އެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

ތިން މަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ މި މި މަޝްރޫއަށް ވަނީ 7.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. މި މަޝްރޫއަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ހަރަދުކުރަން 207 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުން ކަނޑައަޅާފައި ވެ އެވެ.