ބޭރު ކުޅިވަރު

ރޫނީ ބޭނުން ވަނީ އަންހެން ކުއްޖެއް!

Jul 9, 2015

ވޭން ރޫނީ އަކީ އިނގިރޭސި ގައުމީ ކެޕްޓަނެވެ. އޭނާގެ ކުޅުމުގެ ވާހަކަތަކާ އެއްވަރަށް އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. މިފަހަރު އޭގެ ތެރެއިން ބޮޑު ވާހަކައެއް މިވަނީ ފެންމަތިވެފަ އެވެ. ރޫނީ އާއި އަންހެނުން ކޮލީން ރޫނީ އަށް ތިން ވަނަ ދަރިފުޅެއް ލިބެން އުޅެނީ އެވެ.

މިކަން އިއުލާނުކުރީ ރޫނީގެ އަންހެނުންނެވެ.

"ބޭބީ ނަންބަރު ތިނެއް އަންނަނީ ޖެނުއަރީގައި. އަހަރުމެން މިތިބީ ވަރަށް އުފާވެފައި،" ކޮލީން ރޫނީ ޓުވީޓް ކޮށްފައިވެ އެވެ.

މި ދެމަފިރިންނަށް މީގެ ކުރިން ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. އެއީ ފަސް އަހަރުގެ ކައިވޭން ރޫނީ އާއި ދެ އަހަރުގެ ކްލޭ ވޭން ރޫނީ އެވެ. މިހެންވެ 28 އަހަރުގެ ފޯވަޑް މިފަހަރު ބޭނުންވަނީ އަންހެން ކުއްޖެކެވެ.

"އަހަރެން އުފާކުރަން އިތުރުކުއްޖަކު ލިބެން އުޅެތީވެ. އަހަރެންގެ މައްސަލައެއްނެތް އެއީ އަންހެން ކުއްޖަކަށްވިޔަސް އަދި ފިރިހެން ކުއްޖަކަށްވިޔަސް. އެކަމަކު އަހަންނަށް ހީވަން އަންހެނުންކުއްޖަކު ލިބިގެންހެން އަހަރުމެންގެ އާއިލާ ފުރިހަމަވާނީ. ވޭން (ރޫނީ) ލޯބިކުރަނީ އަންހެންކުއްޖަކަށް. އެއީ އޭނާ ބޮޑުވާނީ ބޭބެއިންނާއެކުގައި ކަމަށްވާތީވެ،" ކޮލީން ބުނެފައިވެ އެވެ.