ހަބަރު

ދުވާ ޓްރެކް ސަރަހައްދުގައި ހުރި ޓާފްތަކެއްގައި ރޯކޮށްލައިފި

Mar 23, 2019
8

އެކުވެނި ޓެނިސްކޯޓް ފުރަގަހުގައި ހުރި މުދާތަކެއްގައި ބަޔަކު މިރޭ ރޯކޮށްލުމުން އެ އަލިފާންގަނޑު ސިފައިން މިރޭ ނިންވާލައިފި އެވެ.

މިރޭ 7:00 އެހާކަންހާއިރު ބަޔަކު ރޯކޮށްލާފައި ވަނީ މާފަންނު ދުވާ ޓްރެކް ސަރަހައްދު، އެކުވެނި ޓެނިސްކޯޓް ފުރަގަހުގައި ހުރި ޓާފް ތަކެއްގަ އެވެ. އެނގިފައިވާ ގޮތުގައި އެ ޓާފްތަކަކީ އަތޮޅުތަކުގެ ބައެއް ފުޓްސަލް ދަނޑުތަކުގައި އަޅަން ގެނެސްފައިވާ ޓާފްތަކެކެވެ.

އެ ތަން ނިއްވާލުމުގެ މަސައްކަތް ސިފައިންގެ ފަޔާ އެންޑް ރެސްކިއުއިން ފެށިތާ 30 ހަކަށް މިނެޓް ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެ ޓާފްތަކުގައި ރޯކޮށްލުމާ އެކު ވަރަށް ބޮޑަށް ހުޅުހިފައި އަދި ދުން އަރަމުން ދިޔަ އެވެ. އެ ސަރަހައްދަށް އެ ވަގުތު މީހުން ވެސް ޖަމާވި އެވެ.