ހަބަރު

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އެމްސީ ހަމީދު އައްޔަންކޮށްފި

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މުހައްމަދު ހަމީދު އައްޔަން ކުރައްވައިފި އެވެ. އޭނާ ކުރިން ހުންނެވީ އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، އެކްޓިން ސީޕީގެ މަގާމުގައި ހުންނެވި ހަމީދު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ހަމީދަކީ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކްގައި ފުލުހުންގެ ވަޒީފާއަށް އަލުން ވެއްދި ހަމީދު އެކްޓިން ސީޕީގެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ ޑެޕިއުޓީ ކޮމިޝަނަރަކަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުން އޭނާއަށް އަލުން ވަޒީފާ ދިނުމަށް ނިންމި ނިންމުމާ ގުޅިގެން، މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެމްސީ ހަމީދަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ފަހު އޭނާ ހަމަޖެއްސީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ނޫނީ ސިއްރު ފުލުހުންގެ ވެރިއަކަށެވެ.

ރައީސް ސޯލިހުގެ ޅިޔަނު، އެމްސީ ހަމީދު ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓައި އޮގަސްޓް، 2012 ގައި ފުލުހުންގެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ އެތެރޭގެ މައުލޫމާތުތަކެއް ހާމަކުރިކަމަށް ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި، އަމުރުކޮށްފައި ވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރީ އުސޫލުތަކާ ހިލާފަށް ކަމަށާއި ކުރިން އޭނާ ވަކިކުރި އިރު ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށެވެ.