ބޭރު ކުޅިވަރު

އަހަރެން މިހުރީ ނާޒުކު ފައްތަރެއްގައި: ޕެޑްރޯ

Jul 9, 2015

އޭނާ ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ބުނެ އަންނަ ސީޒަނުގައި ބާސެލޯނާ ނޫން ޓީމަކަން ފެނިދާނެ ކަމުގެ އިޝާރާތެއް ޕެޑްރޯ ރޮޑްރިގޭޒް ދީފި އެވެ.

އުމުރުން 27 އަހަރުގެ ފޯވަޑް މި ވަގުތު ހުރީ ޗުއްޓީގަ އެވެ. ނަމަވެސް ބާސެލޯނާގައި އޭނާ އަށް ކުޅެން ލިބޭ ފުރުސަތު މަދުވުމުން ޕެޑްރޯ ހުރީ އެހެން ފުރުސަތަކަށް އެދިއެދި އެވެ. ހާއްސަކޮށް އެތްލެޓިކޯ މެޑްރިޑުގެ އަރްދާ ތުރާން ގެނައުމުން ޕެޑްރޯ އަށް ލިބޭ ފުރުސަތު އަނެއްކާ ވެސް މަދުވުން ގާތެވެ.

"މިވަގުތު އަހަރެން ބޭނުންވަނީ އަރާމުކޮށްލަން. އެކަމަކު އަހަރެން ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގައި. އަހަރެން މިހުރީ ހަތަރު އަނގޮޅިއެއްގައި،" ޕެޑްރޯ ބުންޏެވެ.

އޭނާ ބުނީ ތުރާން އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި ކުރިމަގުގައި ކަންތައްތައްވާގޮތް ޖެހޭނީ ބަލަން ތިބެން ކަމަށެވެ.

ޕެޑްރޯ ގަތުމަށް އިނގިރޭސިވިލާތުގެ އާސެނަލް އާއި ލިވަޕޫލުން ޝައުގުވެރިވެ އެވެ.