ދުނިޔެ

ހައްޔަރުގައި ހުރި ބިލިއަނަރުގެ ކުރެހުންތައް ނީލަން ކިޔަނީ

އިންޑިއާގެ ބިލިއަނަރު ނީރަވް މޯދީ ގެ މިލްކިއްޔާތުގައި ހުރި 68 ކުރެހުން، މުމްބާއީ ގެ ނީލަމެއްގައި ވިއްކާލުމަށް ހަމަޖައްސައިފި އެވެ.

މޯދީ، 48 ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ބޮޑު ބޭންކް ފްރޯޑް މައްސަލައެއްގަ އޭނާއަށް ތުހުމަތު ކުރެވިގެން ނެވެ. ބޭންކް ފްރޯޑުގެ އަދަދު ގާތްގަނޑަކަށް 2 ބިިއަން ޑޮަލަރަށް އަރާއިރު ކަމާބެހޭ ފަރާތްތަކުގެ އުންމީދަކީ ކުރެހުންތައް ނީލަން ކޮށްގެން ލިބުނު ގެއްލުމުގެ އަދަދުން 4.4 މިލިއަން ޑޮލަރާއި 7.3 މިލިއަން ޑޮލަރުގެ އަދަދެއް އަނބުރާ ހޯދޭނެކަމަ ށެވެ.

މި ކުރެހުންތަކުގެ ތެރޭގައި މަދުން ނޫނީ ނުފެންނަ އިންޑިއާގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތައް ހިމެނެ އެވެ.

ނީލަން އިންތިޒާމް ކުރާ ފަރާތްތަކުން ދެކޭގޮތުގައި އިންޑިއާގެ އެންމެ މޮޅު އެބްސްޓްރެކްޓް ކުރެހުންތެރިޔާ ގައިތޮންޑޭ ގެ އޮއިލް ކެންވަސް ކުރެހުމަކީ މި ނީލަމުގައި އެންމެ ފޯރިއާއެކީ އަގުބޮޑުކޮށް ވިކޭނެ ކުރެހުމެވެ. ގައިތޮންޑޭ ގެ ނަން ދީފައި ނުވާ ކުރެހުމެއް 2015 ގެ މުމްބާއީ ނީލަމެއްގައި 4.4 މިލިއަން ޑޮލަރަށް ވިކި އެ ކުރެހުން ވަނީ އެންމެ އަގުބޮޑުކޮށް ވިކުނު އިންޑިއާގެ ކުރެހުމުގެ ރެކޯޑް ހޯދާފަ އެވެ.

އަންގާރަ ދުވަހުގެ މި ނީލަމުގައި ވަރްމާ ގެ ކުރެހުމެއް 2.5 މިލިއަން ޑޮލަރަށް ވިކޭނެކަމަށް ވެސް ބެލެވެ އެވެ.

އިންޑިއާގެ ސަރުކާރުން ހިންގާ ދެވަނައަށް އެންމެ ބޮޑު ބޭންކު ޕުންޖާބް ނެޝަނަލް ބޭންކް (ޕީއެންބީ) ތުހުމަތުކުރަނީ އެ ބޭންކަށް 2 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ މަކަރުގައި އިސްކޮށް ހުރި އެކަކީ މޯޑީ ކަމަށެވެ. އަދި މޯޑީ އިންޑިއާއިން ފިލައިގެން ދިއުމަށްފަހު އިންޑިއާގެ ޓެކްސް އޮތޯރިޓީއިން 170 އަގުބޮޑު ކުރެހުން ހިމެނޭ އޭނަގެ ހުރިހާ މުދަލަކާ އެހެނިހެން ތަކެތި ވަނީ ހިފަހައްޓާފަ އެވެ. މޯޑީ ވަނީ އޭނަގެ ކުށަށް ކުރިން އިންކާރު ކޮށްފަ އެވެ.

ލަންޑަންގަ މޯޑީ ދިރިއުޅެމުން ގެންދިޔަ 10.5 މިލިއަންގެ އަގުބޮޑު ފްލެޓް ގެ ފޮޓޯތައް ޔުކޭގެ ނޫސް 'ދަ ޓެލެގްރާފް'ގައި ޝާއިއު ކުރުމާ ގުޅިގެން މޯޑީ ގެ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. މޯޑީ އަނބުރާ ގައުމަށް ފޮނުވާލުމަށް މިދިޔަ އަހަރުގެ އޮގަސްޓުގައި އެދި އެކަން ނުވެ އޮތްނަމަވެސް، މި ފޮޓޯތައް ޝާއިއު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިންޑިއާ ސަރުކާރުން އޭނަ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލަން އެދި ފޮނުވާފައިވާ ލިއުންތަ ޔޫކޭގެ ހޯމް ސެކެޓްރީ ވަނީ އެ ލިޔުންތައް ފާސްކޮށްފަ އެވެ.

މިދިޔަ ހަފްތާތެރޭ ޔޫކޭ ގައި ހުއްޓައި، ލަންޑަން ގެ ފުލުހުން ވަނީ މޯދީ ހައްޔަރުކޮށްފަ އެވެ. އަދި 29 މާޗް އާހަމައަށް ކަފާލާތުގެ ދަށުން ނުނިކުމެވޭ ގޮތަށް ވަނީ ބަންދު ކުރެވިފަ އެވެ.

ނީރަވް މޯދީ އަކީ ކާކު؟

ފޯބްސް މެގަޒިން ރިޕޯޓު ކުރާގޮތުގައި މޯޑީ އަކީ އިންޑިއާގެ އެންމެ މުއްސަނދި އެކަކެވެ.

މޯޑީ އުފަންވީ ޖަވާހިރުގެ ވިޔަފާރި ކުރާ އާއިލާއަކަށް ނަމަވެސް އޭނަގެ އަމިއްލަ ބްރޭންޑެއް ލޯންޗު ކޮށްފައި ވަނީ 2010 ގައެވެ. އަދި މި ބްރޭންދް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޝްހޫރުވެ އިންޑިއާ، ނިއުޔޯކް، ލަންޑަން އަދި ހޮންގްކޮގް ގައި މޯޑީގެ ފިހާރަތައް ވަނީ ހުޅުވާފަ އެވެ.

ބޮލީވިޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ-ޖޮނާސް މި ބްރޭންޑްގެ އިސްތިހާރުތައް ކުޅެފައި ވާއިރު، މޯޑީގެ ޖަވާހިރުން ޖަރީކޮށްފައިވާ ޑިޒައިންތައް ތުރުކޮށްފައިވާ ތަރިންގެ ތެރޭގައި ކޭޓް ވިންސްލެޓް، ރޯޒީ ހަންޓިންގްޓަން-ވައިޓްލީ އަދި ނެއޯމީ ވޮޓްސް ފަދަ މަޝްހޫރު ތަރިން ހިމެނެ އެވެ.

މޯޑީ ގެ ހުރިހާ ފިހާރަތަކެއް ފާސްކޮށް އޭނަގެ ހުރިހާ