އިންޑިއާގެ އަދާނީ ގްރޫޕްގެ ބާނީ ގޯތަމް އަދާނީ އާޢި އެ ކުންފުނީގެ ވެރިންނާ ދެކޮޅަށް އެމެރިކާގެ ޕްރޮސެކިޔުޓަރުން ކުރި ދައުވާއާ ގުޅިގެން ގާތްގަނޑަކަށް 55 ބިލިއަން ޑޮލަރު ގެއްލުންވެއްޖެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަދާނީ އާއި އެ ކުންފުނީގެ އިސްވެރިންގެ މައްޗަށް އެމެރިކާގެ ޕްރޮސެކިޔުޓަރުން ތުހުމަތުކުރަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެމެރިކާގައި ސްކީމެއް ހިންގާ ކަމުގެ ތުހުމަތެވެ.
އެ ގޮތުން މި ކަމަށް މަގުފަހިކުރުމަށް އިންޑިއާގެ ކުންފުނިތަކަށް 250 މިލިއަން ޑޮލަރު ރިޝްވަރުގެ ގޮތުގައި ދީފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ދައުވާގައި އޮތީ ބަޔާންކޮށްފަ އެވެ.
އިންޑިއާ ކުންފުނިތަކަށް އަދާނީ، 62، ރިޝްވަތުދިނުމަށް މަސައްކަތްކުރެއްވީ ބޮޑެތި ކޮންޓްރެކްޓްތައް އެ ކުންފުންނަށް ލިބޭ ގޮތަށެވެ. މި ރިޝްވަތު އާދަޔާ ޚިލާފަށް ފުޅާވެ -- އިންޑިއާ ސަރުކާރުގެ ތެރެއަށް ވަދެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގެ ކުންފުނިތަކުން ދުނިޔޭގެ މާކެޓަށް ހުޅުވާލާ ބޮޑެތި ޕްރޮޖެކްޓްތައް އަދާނީ ގުރޫޕަށް ހޯދުމަށްޓަކައި ފައިސާގެ އިތުރުން ރިޝްވަތަށް ބެލިދާނެ ލުއި ފަސޭހަތައް ވެސް -- މިކަމުގައި ލާމެހިފައިވާ މީހުންނަށް ބަހާފައިވާ ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެ އެވެ.
އަދާނީ ގުރޫޕުން މި ދައުވާތަކަށް އިންކާރުކުރެ އެވެ. މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އެ ގުރޫޕާ ދެކޮޅަށް -- ވާދަވެރި ބަޔަކު އަޑީގައި ތިބެގެން ހިންގާ ނުބައި ރޭވުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަދާނީ ގުރޫޕުން މި ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް، މިއީ ކުންފުންޏަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ދައުވާއެއް ކަމަށް ކުންފުނީގެ ވެރިންނާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.
ކުންފުންޏަށް މިހާރު ލިބިފައި ހުރި ގެއްލުންތައް، ދިގު މުއްދަތަށް ބަލާއިރު ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.