ހަބަރު

ހޯރަ އިއްބެ މިނިވަން ކުރެއްވުނީތީ ރައީސް ހިތާމަކުރައްވާ

Mar 27, 2019
14
ހޯރަ އިއްބެ 2012 ވަނަ އަހަރު ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ސަން އޮންލައިން
66.7%
0%
33.3%

ވެރިކަމަށް 90 ދުވަސް ހަމަވާއިރު، ޖަލުގައި ހުރި މީހަކު މިނިވަން ކުރުމަށް ނިންމެވުނު ނިންމެވުމަކާ މެދު މިހާރުވެސް ހިތާމަކުރައްވާ ކަމަށާއި އެކަން ނުކުރެއްވުނު ނަމައޭ ހިތައް އަރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހެނދުނު ޕްރޮގްރާމް "ފަށާއިރު"ގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ކުރީ ކޮޅު ގާނޫނީ އިމުގެ ތެރެއިން ނަމަވެސް ނިންމެވުނު ނިންމެވުމަކުން މިއަދާ ހަމައަށްވެސް އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާ އަވަހަށް ކުރެއްވުނީތީ ހިތާމަކުރައްވާ ކަމަކީ ޖަލުގައި ހުރިި މީހަކު ގާނޫނީ އިމުގެ ތެރެއިން ނަމަވެސް ޖަލުން މިނިވަން ކުރެއްވުން ކަމަށެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

"އެ ނިންމުން އެގޮތަށް ނުނިންމުނު ނަމައޭ އަޅުގަނޑު ހިތައް އަރާ މިއަދު. މާ އަވަހަށް އެކަން ނުކުރެވުނު ނަމައޭ ހިތައް އަރާ. އެކަމާ އަޅުގަނޑު މިއަދުވެސް ހިތާމަ ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ނިންމުމެއް ނިންމުމަށް ފަހު، ފަހުން އެކަން ބަދަލުކުރަން ޖެހުނީމަ ލިބޭ ގެއްލުން މާ ބޮޑުވާނެ،"

ރައީސް ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު ޖަލުން މިނިވަން ކުރީ، ކުޑަ ކުއްޖަކާ ބަދު އަޙުލާގީ އަމަލު ހިންގައިގެން ޖަލަށް ހުކުމްކޮށްފައި ހުރި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަަށްވާ، އިބްރާހިމް ރަޝީދު، ހޯރަ އިއްބެ އެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.

ސަރުކާރުގެ ދުވެލި މަޑުކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހު ވިދާޅުވީ ކަންކަން މާ އަވަސް އަރުވާލައިގެން ކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކަންކަން ނިންމަން ވާނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. ކަމެއް ރަނގަޅަށް ކުރަން ވަގުތު ނެގުމަކީ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ސަރުކާރުގެ ދުވެލި މަޑެއް ނޫން. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ވަރަށް ގިނަ ކަންކަން ކާމިޔާބު ކަމާއެކު އަޅުގަނޑުމެންނަށް މި އޮތީ ނިންމިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

14 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގޮރުޑާ

ދެން ނިކަން ބުނެބަލަ ކޯޓަށް އަތެއް ނުބާނަމޭ. ދެންވެސް ގެނެސް ޖަލަށް ލާންވީނު. ހޯރަ ވީމަ ހިތާމަ. ޖަލުގައިތިބި ކިތައްމީހުން ނެރުނީ. ކޮންމެހެން ހޯރަގެ ވާހަކަ ދައްކާނެ ކަމެއްނެތް. ދިވެހިރައްޔިތުންގެ ގިނަބަޔަކު މާބޮޑައް ހިތާމަކުރޭ. ތިޔަހަރަ ތެޅޭ ނަޝީދު. މ ސ ހަމީދު. އިމުރާނުމެން ޖަލުންނެރުނީމަ. ތި އެކަނި ފަރުދަކު ހިތާމަ ކުރުމަކުން މައްސަލައެއްނޫން. އެކަމަކުރައްޔިތުން ހިތާމަކުރާކަންތަކާ ވިސްނަންޖެހޭ

ޏ

މަގޭ ހިތައް އަރަނީ މީހާދަ ކަންނެތް ރައިސެކޭ ހާދަ ފަރުވާކުޑަ ގައުމެއްގެ އެންމެ ޒިންމާ ދާރުމަގާމަކާ ހަވާލުވެ ހުރެ އެއްވެސް ޒިންމާދާރު ކަމެއް ނެތް އޮށްޓަރެއްނެތް ވާހަކަ ތައް އެދައްކަވަނީ .މިއީކީ ރައިސެއްކަމަކު ހިތުހުރިހާ ހިތައްއެރިގޮތަކަށް ބޭނުންވީމަ ބޭނުންވާ އަވަސް ލަސްމިނެއްގަ ކަންތައްތައް ކުރަން ޖެހޭ ވަރުގެ މަގާމެއް ނުނޭ .އެއަށްވުރެ ކަންތައްތަކުގަ ހަރުދަނާ ވާން ޖެހޭނެޔޭ .މިފަދަ މީހުންގެ ގެ ސަބަބުން ކަންކަމަށް ބޭނުންވެފަ ތިބޭ ކިތައްމީހުންބާ ކަންތައްތައް ސުލޯވެފަ ތިބޭނީ ކަންޒުކަހަބުގެ ސުޓައިލަށް ކަންތައްތައް ނުކޮއް މުސަޅު ސުޓައިލަށް ކަންކަން ކުރެވޭވަރުގެ ބަޔަކާ ވެރިކަން ހަވާލު ކުރަން ވެރިކަމުން ފައިބަށްވީނުން .ކޮންމެހެން މިގައުމުގަ އުޅޭ މީހުނަކަށް މަޖްބޫރެއްނުން ތިސުޓައިލަށް ވެރިކަން ކުރާމީހެއްގެ ވެރިކަމެއް .ހާދަހާވާ ފީކަލާ ވެރިއެއް ލިބިފަ މިހުރީ ބައެއްގެ އިހްމާލުން ގެއްލިގެން އެދާ ދުވަސް ތަކަކީ އުމުރުގަ ހާދަ މުހިއްމު އެއްޗެކޭ .ނުވާއިރުވެސް ފައިބާކަށް އުޅެނީކީ އެއްނުން .

ބޯބެ އަހަންމަދު

ކަން ބަލަން ވީވަރަށް ނުބައްލަވާ ކުރައްވާފަ އެޅުނު ފިޔަވަޅު ޅަކަމުން އޭގެ ފަހަތުން ދުވެ ވަޑައިގަތުން ރަނގަޅެއް ނޫން ހއ ގައި އަޅާ އެއަރޕޯރޓް މަދު ައެްގެ ތެރޭގަ އަޅާފަ މާދަމާ އެއަތޮޅަށް ގޮސް އެއަރޕޯޓް އެޅުނީ ބައްލަވާ ނުލައްވާ ކަމަށް ވިދާޅުވުމަކީ ގޯހެއް

ސަކީނާ

އެބުނީ ޔާމީނުގެ ވާހަކަހެން މަށަށް ހީވަނީ

އެދުރު

ރާއްޖޭގެ ގިނަ ރައްޔިތުން މިހާރު ހިތާމަކުރޭ ތިޔަކަހަލަ ތަންދޮރު ނޭންގޭ މީހަކައް ވެރިކަންހަވާލު ކުރެވުނީތީ

ކަނިކުރެދި

ޢިއްޒަތްތެރި ރައީސް ކަންކުރުމުގެ ކުރިން ކަމުގެ އެކޮޅު މިކޮޅު ބައްލަވާނޭ އެންމެ ފުންމިނަށް ބައްލަވާށެވެ. އެކަން އެގޮތަށް ނުކުރައްވާ ފުރަތަމަ ކަން ކުރައްވާފަ ދެން ފަހުން ވިސްނާ ވަޑައިގަތީމަ ކުރެއްވި ކަންތަކުގެ ފަހަތުން ތި ދުވެވަޑައިގަންނަވަނީ އެވެ ހޯރަ އިއްބެއަކީ މިއުޅޭ ބަރުލަމާނީ ކަލޭގެއަށް ދުނ ގުނޑުގުޑާ އަޅައިދޭ ވަހުސީ މީހެކެވެ މުލީއާގެ އަށް އެހީއަށް އެދި ސިޓީލީ އަންހެނުންނާ މައްލަވަ ކުރަންވެސް ހޯރަބޭ ގުޅާފަ އެބަހުއްޓެވެ މިހާރުވެސް ހޯރަފުށީގަ އަޅާ އެއަރޕޯރޓަކީ މަނިކުފާނުގެ ވެރިކަމުގަ އަޅުއްވާ ފުރަތަމަ އެއަރޕޯރޓެވެ އެވެސް ތި އަޅަނީ އެ އަތޮޅުގެ އާބާދީގެ 34% މީހުންގެ ތެރޭގަ އެވެ އެއީ އަތޮޅުގެ މެދުތެރޭ އަލިދުއްފަރުގަ އަޅަން ޖެހޭ ތަނެކެވ މަދަމާ އޮންނަ ރަސްމިއްޔާތެއްގައި އެއަރޕޯރޓް އަތޮޅުގަ މެދުގަ ނޭޅުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވާނަމަ މުޅި ދައުރުގަ އޮޑި ދުއްވިފަ ހުންނާނީ ނުބައި މިޞްރާބުގަ އެވެ އެހެންވީމަ މިޞްރާބު ސީދާ ކުރައްވާށެވެ

ނަސީ

ޢެމް ޑީ ޕީ އިންވެސް އެބަވިސްނަންޖެހޭ ސިޔާސީ ކަންކަމަށް ޚުލްްްްގް ރިވެތި ރަނގަޅު ފިރިހެނުން ނެރެން.

މުބީނު މާރނީ

ދުނިޔޭގެ ހުރިހާ އެހެން ގައުމު ތަކެއްގައި ނަމަ ހޯރަ އިއްބެ ދޫކޮށްލަން ޖެހޭ. ދީނީ ނަޒަރުން ވެސް ކުޑަކުއްޖަކަށް ނުވާނެ ހައިލު ވީމާ. ގިނަ ގައުމު ތަކުގައި "ކޮންސެންޓް އޭގް" އަކީ 16 އަހަރު. ނުވިތާކަށް ހޯރަ އިއްބެ އުޅެނީ މިހާރު އެކުއްޖާ އާއި ކައިވެސް ކޮށްގެން.

@މުބީނު

ހޯރަ އިއްބެ އަކީ ބަރުލަމާނީ ކަލޭގެ އަށް ދުން ގުޑުގުޑާ އަޅައިދޭ ކަލޭގެ އެހެންވީމާ ބަރުލަމާނީ ކަލޭގެ އެ މަސައްކަތަށް ލަދުނެތް ކޮތަރަކަށް ވިޔަސް ހޯރަ އަކަށް ވިޔަސް ޖަލުން ނެރެން ބޭނުންވާނެ

ޜަންނަމާރި

ތިޔަހެނވީމަ މަ އަރަން ޖެހުނިވެސް ޢެޖެންޑާ 19 ނިންމާފަވެސް ވިދާޅުވާނީ ތިހެން ދެއްތޯ.. ބޯހަލާކު

ހުސައިން

ރައީސެއް ކަމަކު މީ މިހާރު ދައްކަން ޖެހޭ ވާހަކައެއް ނޫން ، ހިތާމަ ކުރާކަށް ނުޖެހޭނެ ޤާނޫނީ އިމުގެ ތެރެއިން ކުރެވުނު ނަމައެއް..............

ޖެސް

ޣގާނޫނީ އިމުގެ ތެރެއިން ނޫނޭ އޭނަ މިނިވަން ކުރީކީ. ޢެހެންވެ އެ އެހުރިހަ އެއްޗެއް ކިޔަން އެޖެހެނީ. ޣާނޫނީ އިމުން ނަމަ ދެންތިބެ މީހުންނައްވެސް އެފުރުސަތު އޮތީސް ދޯ. ޢަންނި އާހެދި ވާގޮތް އެ.😅

ލަދުކުޑޭ

ކުށްވެރިން ދޫކުރުމަކީ ގާނޫނު އަސާސީއިން ރައީސްއަށް ލިބިދޭ ބާރެއް. އަދި ޕެރޯލްގެ ގާނޫނުގެ ދަށުންވެސް ލިބޭ ބާރެއް. ހޯރަ އިއްބެ ދޫކޮށްލީ އޭގެ ދަށުން ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއްތައް ފުރިހަމަކޮށްގެން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345