ހަބަރު

ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖައްސައިފި

Jan 30, 2020
1
އައިޖީއެމްއެޗްގައި މިދިޔަ މާޗު މަހު ގާއިމުކުރި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒު ރައީސް ސޯލިހު ހުޅުއްވައި ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް
100%
0%
0%

ނަފްސާނީ ބަލީގެ ބައެއް ފަރުވާތަކަށް އަންނަ މަހުން ފެށިގެން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ނަފްސާނީ ބަލީގެ ބައެއް ފަރުވާތައް، މިފެށޭ ފެބްރުއަރީ މަހުން ފެށިގެން އާސަންދަ ސްކީމުގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ސައިކޮލޮޖިސްޓް ކޮންސަލްޓޭޝަން، ސައިކޮލޮޖިކަލް އެސެސްމަންޓްގެ އިތުރުން ސައިކޮލޮޖިކަލް ތެރަޕީ އާސަންދާ ސްކީމުގެ ދަށުން ކަވަރުކުރާނެކަމަށްވެސް ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ޕްރައިވެޓް ހޮސްޕިޓަލުތަކާއި ކްލިނުކުތަކުން ހޯދާ އެފަދަ ހިދުމަތްތަކަށް އަހަރަކު 5،000 ރުފިޔާގެ އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ހާއްސަ ސެންޓަރެއް ހުޅުވައި ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ވެސް އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ހިމަނާފައިވެ އެވެ.

އެގޮތުން، ނަފްސާނީ ބަލިތަކަށް ފަރުވާދޭން ހާއްސަ މަރުކަޒެއް މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި މިދިޔަ މާޗު މަހު ވަނީ ހުޅުވައިފަ އެވެ.

އެ ސެންޓަރު މެދުވެރިކޮށް އެޑްމިޓްކޮށްގެންނާއި އެޑްމިޓްނުކޮށް ދޭ ފަރުވާތަކުގެ އިތުރުން ބަލި ދެނެގަނެ ބޭސް ދީގެން ބަލިތައް ރަނގަޅު ކުރުމާއި ކައުންސިލިންގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ އަންނަނީ ދެމުންނެވެ. މީގެ އިތުރުން، އެ ސެންޓަރު މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ދިވެހިން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެސް ކުރެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަދަދު

އަހަރަކަށް 5000؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345