ހަބަރު

މިހާރު އޮތް ބަޖެޓުން މިނީ ބަހުގެ ހިދުމަތް ނުފެށޭނެ: މިނިސްޓަރު

ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: މިހާރު އޮތް ބަޖެޓުން މިނީ ބަހުގެ ހިދުމަތް ނުފެށޭނެކަމަށް ވިދާޅުވި-- ފޮޓޯ/މަޖިލިސް
0%
0%
100%

މިހާރު ލިބިފައި އޮތް ބަޖެޓުން މިނީ ބަހުގެ ހިދުމަތް ނުފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން ނެވެ.

ހަސަން ލަތީފް އެއްސެވީ ބަހުގެ ހިދުމަތް އަދި ސްކޫލް ބަހުގެ ހިދުމަތް ދިނުމަކީ އެމްޑީޕީގެ ވަރަށް ބޮޑު ވައުދަަކަށް ވާއިރު އެ ހިދުމަތް އަދިވެސް ނުފެށޭތީ އެކަން ފެށޭނެ ތާރީހެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އޮތް ނަމަވެސް އެ ވައުދު ފުއްދުމުގައި ގޮން ޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަަސައްކަތްތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ ވެސް އެ މަސައްކަތް ކަމަށެވެ.

އެ ވައުދު ފުއްދުމަށްޓަކައި މިހާތަނަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ނަހުލާ ވިދާޅުވި އެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ނަހުލާ ފާހަގަކުރެއްވީ މިނިސްޓްރީއަށް ލިބިފައިވާ ބަޖެޓުގެ ދަތި ކަމަށެވެ.

ބަޖެޓެ ނެތިގެން ބޭރުގެ އެހީދޭ ޖަމާއަތްތަކުގެ އެހީ ލިބޭތޯ ފޮރިން މިނިސްޓްރީގައި ވެސް އެދިފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އަލިމަގެއް ނުފެންނަަ ކަމަށެވެ.

އަންނަ ބަހުގެ ހިދުމަތަށް އަންނަ އަހަރު ބަޖެޓުގައި ހިމެނި 16.9 މިލިއަން ރުފިޔާއިން ވެސް އެކަން ނުވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓަށް ބޭނުންވޭ އެއަށްވުރެ ގިނަ ލާރި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ލިބިފައިއިން ބަޖެޓުން ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެނެއް އަޅުގަނޑުމެންނަކަށް މަސައްކަތެއް ނުފެއްޓޭނެ. އަޅުގަނޑުމެންނަށް ބަޖެޓު ހަމަޖެހޭކަހަލަ ގޮތަކަށް މި އޮތީ ބުރިބުރި ކަހަލަ ގޮތަަކަށް. އެހެންވީމާ މި ޕްރޮޖެކްޓް ހިންގޭ ކަހަލަ ގޮތަަކަށް ލިބުނީމަ އެ މަސައްކަތް ފައްޓާނެކަމަށް ދަންނަވާލަން" މިނިސްޓަރު ވިދޅުވި އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަރުސް

ނަޝީދުގެ ގެކޮޅުގެ ހަރަދު ހަމަޖެހޭނެ އެހެން އެއްވެސް އެއްޗެއް ހަމަނުޖެހުނަސް

ރަޝީދު.

ބަލަގަ މިއަހަރު ތިޔަކަން ކުރަން ބަޖެޓު މިދިޔައަހަރު ހުށައަޅައި ފާސްކުރުވުމަކީ ކަލޭގެ ޒިންމާއެއްނޫންތަ؟ ދެން ޒިންމާ އަދާނުކޮއް ބަޖެޓު އެޕްރޫވުނުކޮއް ކިހިނެތް ޕުރޮޖެކްޓު އިއުލާނުކޮއް ހިންގީ. ސަރުކާރުގެ އިދާރާތައް ހިންގަން ނޭގެންޏާ ގޮސް ގޭގައޮވެބަލަ، ތިކަހަލަ ދެއުޅިއެއްނެތް ވާހަކަ ދައްކަމުން ބޮޑު މުސާރަނަގަމުން. މީނާގެ މުސާރަ އެބަޖެހޭ ކަނޑަން.

ނަތާލޯ

ނަހުލާއަށް ކުރެވޭނީ ގާސިމް ހިތް އުފާކޮށްދީފަ ދެން އެކްސަސައިޒް ކުރުން ރީތިކޮށް ހަށިގަނޑު ބަހައްޓަން. ދެން މޮޅަށް ކެއުން. ދެން ރިސޯޓަށް ގޮސްލުން

ކާސިންޖީ

މުޅި ތަން އޯމޯ ޖަހައިގެން ދޮންނަން ޖެހިފަ

ކެމީ

ޢައިސްތުވެސް ވަރަށް ދޮގު ހަދަން ފައްކާވެއްޖެ. ކެނެރީގޭ ނަސީދަށް ތާއީދު ކޮށްފިތަ އެމީހާގެ އަމިއްލަ ނަފްސަށްވެސް ދޮގު

ނަން

މިނީ ޖެޓް ދޯ ތިހާ އަގުބޮޑުކޮށް ތި ގެންނަނީ. ނޫނޭ ހަމަ ކުޅަދާނައީ.. ތިތަނުން މެމްބަރަކަށް ނުކެރުނު ދޯ ބަހެއްގެ އަގުވެސް ތި ކުއްޖާއަށް ދައްކާލަން.

ކޮވިޑް ރަންނަމާރި

ބަޖެޓުން ހަމައެކަނި ކުރެވޭނެ ކަމަކީ ކޮވިޑޭ ކިޔާފަ ވައްކަން ކުރުން އެކަން ކުރަން މިހާރުތިޔަ ރެޑީވަނީ

ބެއްޔާބެ

ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްބަލަ، ދެން ރަނގަޅަށް މޮނީޓާކުރީމަ ވާނެއެވެ. ދެން ބަޖެޓުން ކޮންމެ ވެސް ވަރެއް ސަބްސިޑައިޒްކުރީމަ ހުންނާނީ ހިނގަ ހިނގާ. ބަޖެޓް ނެތަސް ކަންކަން ކުރަން އެނގެންޏާ ވާނެ. ކަމަނާ އަށް ނޭނގެނީ. ޕާކިންގ މައްސަލަ ހައްލުނުކުރެވޭ. ޕާކިންގ ބިލްޑިންގަނޑެއް ނޭޅޭ ބައެއް.

ކޮންސް

ނަހުލާ އިސްތިއުފާ ދީބަލަ ދެން!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345