އައިޝަތު ނަހުލާ

"ވިލާގެ ކަންކަމުގައި ނިންމާ ނިންމުން ނުބަލަން"

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ
50%
50%
0%

ވިލާ ކުންފުނީގެ ކަންކަމުގައި ޓްރާންސްޕޯޓުން ނިންމާ ނިންމުންތައް އެނގިވަޑައި ނުގަންނަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަލު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ތުހުމަތަކާއި ގުޅިގެނެވެ.

މެމްބަރު ޖާބިރު ވިދާޅުވީ ވިލާ ކުންފުނީގެ އިސްވެރިޔާ އަދި މިނިސްޓަރު ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމަށް ފައިދާވާ ގޮތަށް މިނިސްޓަރު ނަހުލާ މަސައްކަތް ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވަނީ ޖާބިރު ކުރެއްވި ތުހުމަތު ދޮގު ކުރައްވާފަ އެވެ. އަދި ވިލާ ކުންފުނީގެ އެއްވެސް ކަމެއްގައި މިނިސްޓަރުގެ ބައިވެރިވުމެއް ނޯންނާނެ ގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ރާވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވިލާ ކުންފުނީގެ ކަންކަމުގައި އަބަދުވެސް ހަވާލުވެ ހުންނަވާނީ މިނިސްޓްރީގެ އެހެން ބޭފުޅެއް. ނިންމާ ގޮތެއް ހިއްސާ ކުރާނީ ސީދާ ރައީސް ސޯލިހާ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ހިދުމަތްކުރައްވަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ. ވިލާއަށާއު ވިލާ އެއާޕޯޓަށް ނޫން ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ައަހޫ

އައިސާ ތީ ބޮޑު ވަގެއް . އިސްތިއުފާ ދީ

ހަނާ

މިނިސްޓަރުކަމެއް ލިބުނީ ގާސިމްގެ އަނބި މީހާއަށް ވީމަ. އެއްވެސް ތަޖުރިބާއެއް ނެތް މީހަކަށް މިނިސްޓަރުކަން ލިބިގެން ވަރަށް ފޮނިވެއްޖެހެން ހީވޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345