ހަބަރު

ގަދަކަމުން އަންހެންކުއްޖަކު ޓެކްސީއަކަށް ނާރުވާ: ފުލުހުން

އަންހެން ކުއްޖަކު ގަދަކަމުން ޓެކްސީއަކަށް އެރުވި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރުމުން ބެލި އިރު އެ އަންހެން ކުއްޖާ ޓެކްސީއަށް އެރީ އަމިއްލަ އަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ރޭ 12:25 ގައި އައިޖީއެމްއެޗް ކައިރިން އަންހެން ކުއްޖަކު ގަދަކަމުން ޓެކްސީ އަކަށް އަރުވައިގެން ގެންދާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ ޓެކްސީ މަަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތިން ހުއްޓުވި އެވެ.

އިތުރަށް ބުނި ގޮތުގައި، ފުލުހުން ބެލި ބެލުމުން އެ އަންހެން ކުއްޖާ ގަދަކަމުން ޓެކްސީއަށް އަރުވާފައި ނުވާ ކަމަށް ފާހަގަވެފައިވާ ކަމަށާއި އޭނާ ޓެކްސީއަށް އަރާފައި ވަނީ އަމިއްލަ އަށް ކަމަށެވެ. އަދި އެރުމުގެ ކުރިން ޓެކްސީގައިި އެވަގުތު ތިބި އަންހެން ކުދިންތަކަކާ ޒުވާބެއް ކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އަންހެން ކުއްޖާ ޓެކްސީއަށް އަރާފައިވަނީ އޭނާގެ ރަައްޓެހިންނާ ޖެހުނު މައްސަލައަކާ ގުޅިގެން އެކަން ސާފު ކުރުމަށް އެމީހުން ކައިރިއަށް ދާށެވެ.

ޓެކްސީއަށް ގަދަ ކަމުން އެރުވި ކަމަށް ބުނެ ރިޕޯޓު ކުރި މައްސަލައިގެ ތަފްސީލު ފަހުން ހިއްސާ ކުރާނެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.