ހަބަރު

ލަންކާގެ ކުށްވެރިންތަކެއް ރާއްޖެ އަންނަން އުޅެނިކޮށް ހިފަހައްޓައިފި

Mar 29, 2019
2

އަވަށްޓެރި ސްރީލަންކާގެ ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ތުހުމަތު އޮންނަ ބަޔަކު ރާއްޖެއަށް ދަތުރު ކުރަން އުޅެނިކޮށް ހުއްޓުވައިފި އެވެ. އެ މީހުން ހުއްޓުވީ ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް ޕޯޓުން އިއްޔެ އެވެ.

އެމީހުންގެތެރޭގައި ހިމެނެނީ ކަންޖިޕަނީ އިމްރާން ކިޔާ މީހަކާއި އަނުޝްކާ ކައުޝަލް އާއި އަމީލާ ސަންޕަތުގެ އިތުރުން އެންޑަސަން ފެނާންޑޭޒެވެ. މީހުން މެރުންފަދަ ބޮޑެތި ތުހުމަތުތައް އޮންނަ މި މީހުން ރާއްޖެ އަންނަން އުޅުނީ ޑުބާއީން ބޭރު ކޮށްލުމުން ކަމަށް ސްރީލަންކާގެ ބައެއްް ނޫސްތައް ބުނެ ނެވެ.