ސްރީލަންކާ

ދިވެއްސެެއްގެ އަތުން ހަތިޔާރެއް ފެނިގެން ލަންކާ އެއާޕޯޓުން ހައްޔަރުކޮށްފި

ހަތިޔާރެއް ފަދަ އެއްޗެއް ފެނިގެން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ދިވެެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ގަޑިން ރޭ 11:00 ޖަހަނިކޮށް ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ އޭނާގެ ދަބަސް ބެލިއިރު ހަތިޔާރެއް ފަދަ އެއްޗެއް ފެނިގެންނެވެ.

މިމައްސަަލަ ލަންކާގެ ނޫސްތަކުން ތަހުގީގުކުރަމުންދާ ކަމަށް ބުނި ނަމަވެސް މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ނެތެވެ.