ލިވަޕޫލް

ނަސީބުގެ އެހީ ލިވަޕޫލަށް ހައްގު: ކްލޮޕް

ޓޮޓެންހަމްހޮޓް ސުޕާސް އަތުން އެންމެ ފަހު ވަގުތު ބައިކޮޅަށް ވަން ގޯލާއެކު ނަސީބު އެހީގައި ލިބުނު މޮޅު ލިވަޕޫލަށް ހައްގުވާ ކަމަށް، އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.

އަމިއްލަ ދަނޑު އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލް ކާމިޔާބު ކުރީ، 2-1 ންނެވެ. ލިވަޕޫލް މޮޅު ކޮށްދިން ލަނޑަކީ، ޓޮޓެންހަމްގެ ޓޮބީ އަލްޑާވެރޯލްޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މޮޅާ އެކު ލިވަޕޫލް ވަނީ ތާވަލުގެ އެއް ވަނައަށް އަލުން އަނެއްކާވެސް ޖެހިލާފަ އެވެ.

މެޗުގައި، ފުރަތަމަ ލީޑް ނެގީވެސް ލިވަޕޫލުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބާޓޯ ފިރުމީނޯ އެވެ. ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 70 ވަނަ މިނެޓްގައި ލޫކަސް މޯރާ ކާމިޔާބު ކުރި ލަނޑުނެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު އަލްޑާވެރޯލްޑް އަތުން ބައިކޮޅަށް ވަން އިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އިނީ މަދު ސިކުންތު ކޮޅެކެވެ.

އެލެގްޒެންޑާ އާނޯލްޑް ހުރަސް ކޮށްދިން ބޯޅަ މުހައްމަދު ސަލާހް ބޮލުން ގޯލް ކުރިމައްޗަށް ހުރަސްވާ ގޮތަށް ފޮނުވާލުމުން އެ ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއު ކުރުމުން އެ ބޯޅަ ވެއްޓުނީ ގޯލް ކުރިމައްޗަށެވެ. އެ ބޯޅަ އަލްޑާވެރޯލްޑް ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ، މުޅި ސީޒަންގައިވެސް އެހާވަރުގަދަ މެޗެއް ލިވަޕޫލަށް ކުރިމަތި ނުވާ ކަމަށެވެ. މެޗުން މޮޅު ވެވުނީ ނަސީބު އެހީގައި ކަމަށް ސަލާހްވެސް އެއްބަސް ވެއެވެ.

ކްލްޕް ބުނީ، ތާވަލުގެ އެއް ވަނައަށް ދިއުން އޭނާގެ ޓީމަށް ހައްގު ކަމަށާއި ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ، ސިޓީގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ. އެހެންނަވެސް އެއީ ސިޓީއަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ.