ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް އައިޕީޔޫ އެސެމްބްލީއަށް

އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 140 ވަނަ އެސްމެބްލީގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހިގެ ނައިބު ރައީސް ރީކޯ މޫސާ ދޯހާއަށް ފުރާވަޑައިގެންފި އެވެ.

މިއެސެމްބްލީ އަކީ މިއަދުން ފެށިގެން މިމަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ހަމެޖެހިފައިވާ އެސްބްލީއެކެވެ. އައިޕީޔޫ 140 ވަނަ އެސެމްބްލީގައި ބައިނަލް އަގްވާމީ ފެންވަރުގައި މަޝްވަރާކުރާނެ މައުލޫތަކަކީ، ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގެ މައުލޫއާއި، ދެ ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމުގެ މައުލޫއާއި، ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކުގެ އިތުރުން އަދިއިންސާނީ ހައްގުތަކާބެހޭ މައުލޫ އެވެ.

އައިޕީޔޫގެ އެސެމްބްލީގެ ހަވާސާގައި ބާއްވާ ބައްދަލުވުމުގައިވެސް ރާއްޖެއިންދާ ވަފްދު ބައިވެރިވާނެ އެވެ. ފަސް ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އައިޕީޔޫގެ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދަކީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ އާއި، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އަދި މަޖިލީހުގެ އާމީންޢާންމު ފާތިމަތު ނިއުޝާ އެވެ. އައިޕީޔޫގެ 140 ވަނަ އެސެމްބްލީގައި ދުނިޔޭގެ 160 ގައުމެއްގެ މަޖިލިސް މެމްބަރުންނާއއެކު 1600 މަންދޫބުން ބައިވެރިވާނެ އެވެ.