ހަބަރު

އެންމެ ޒުވާން މެންބަރަކަށް ވިސާމް

Apr 7, 2019

އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެންމެ ޒުވާން މެންބަރަކަށް ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ވިސާމް ވެއްޖެ އެވެ.

ވިސާމަކީ މީގެކުރިން ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށް މަޝްހޫރުކަން ހޯދި ބޭފުޅެކެވެ. ގަމު ދާއިރާގެ ބޮޑު އަގުލަބިއްޔަތަކާއެކު ވިސާމް އިންތިހާބުވެފައިވާއިރު އޭނާގެ އުމަރަކީ 24 އަހަރެވެ.

މީގެއިތުރުން ވެސް މިފަހަރުގެ މަޖިލީހަށް ވަރަށް ޒުވާން މެންބަރުންތަކެއް އިންތިހާބުވެފައިވެ އެވެ. އެގޮތުން ފޮނަދޫ ދާއިރާއަށް މޫސާ ސިރާޖާއި މައްޗަންގޯޅި ދެކުނު ދާއިރާއަށް އަހުމަދު ހައިތަމް އާއި ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް ނަސީމާއި މަޑަވެލި ދާއިރާއަށް ހުސެއިން ފިރުޝާން ފާހަގަކޮށްލެވެ އެވެ.