ހަބަރު

މަތިވެރި ގެސްޓް ހައުސެއްގައި އަލިފާން ރޯވެ އަނދަނީ

އއ. މަތިވެރި ގެސްޓް ހައުސެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، މަތިވެރި ގެސްޓް ހައުސެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހާދިސާގެ މައުލޫމާތު ލިބިފައިވަނީ 22:25 އެހާއިރު ކަމަށެވެ.

އަލިފާން ނިއްވުމުގައި އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.