ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް ހަމަލާ ދޭން މަސައްކަތްކޮށްފި

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
0%
0%
100%

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. މަތިވެރިއަށް ވަޑައިގަތުމުން ބަޔަކު އޭނާއަށް ހަމަލާދޭން މަަސައްކަތްކޮށްފި އެވެ.

މުއިއްޒުއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވަނީ މިއަދު ގެނދުނު 10:00 ހާއިރު އެވެ.

މުއިއްޒުއަށް ހަމަލާ ދޭން އުޅުނު މީހާއަށް މުއިއްޒުގެ ސެކިއުރިޓީން އަދި ސަޕޯޓަރުން ވަނީ ހުރަސް އަޅާފަ އެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ހަމަނުޖެހުން ހިންގަން އުޅުނު މީހުންނަށް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ މަތިވެރީގައި ދެ މީހެއްގެ މެދުގައި ބޭއަދަބީ އަތުގެ އިޝާރާތްތަކެއްކޮށް ހަމަނުޖެހުން ހިންގުމާ ގުޅިގެން އެތަނުން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން، މި ހަމަނުޖެހުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އަށް ހަމަލާދޭން އުޅެފަ ވާކަމަށް ނުބެލެވޭ،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އުޅުއްވަނިކޮށް އުމަރު ނަސީރަށްވެސް މީހަކު ވަނީ މީގެ ކުރިން ހަމަލާދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910