މޯލްޑިވްސް ޕޮލިސް ސާވިސް

ނަޝީދުގެ ސެކިއުރިޓީއަށް ނުރައްކާ އޮތްކަމުގެ މައުލޫމާތެއް ނުލިބޭ: ފުލުހުން

އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގެ ތެރެއިން ރައީސް ނަޝީދާއި އެމަނިކުފާނުގެ ސެކިއުރިޓީން. -- ފޮޓޯ: ޒައިން އިބްރާހިމް | އަވަސް
0%
0%
0%

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ފަހު ޖަލްސާ ކުރުކޮށްލަން ޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ސެކިއުރިޓީގެ ނުރައްކަލެއް ކުރިމަތިވެގެން ކުއްލި ގޮތަކަށް ޖަލްސާ މެދުކަނޑާލުމަށްފަހު ރައީސް ވަޑައިގެންނެވި ކަމަށް ބައެއް ނޫސް ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމަކު ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެފަދަ މައުލޫމާތެއް އެމްއެންޑީއެފް އަށް ލިބިފައިވޭތޯވެސް ފުލުހުންގެ ހިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ނޫސްތަކުން އެފަދަ ވާހަކައެއް ރިޕޯޓްކޮށްފައިވަނީ ފުލުހުންގެ ފަރާތުން މައުލޫމާތު ސާފުނުކޮށް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ނަޝީދު އާޓިފިޝަލް ބީޗް ސަރަހައްދުން ވަޑައިގެންނެވި އިރު މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމާއި އުފާވެރި ކަމެވެ. އެހެންކަމުން ސަލާމަތީ ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވެ އެވެ.

ރައީސް ނަޝީދުގެ ޖަލްސާ އެމަނިކުފާނު ނިންމާލާފައިވަނީ 20 ވަރަކަށް މިނެޓު ވަންދެން ޖޯޝާއި ފޯރީގައި ވައުދުނާމާއެއް އިއްވުމަށްފަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910