ހަބަރު

ނެއްލައިދޫން ކަރަންޓު ކެނޑޭތީ މުޒާރަހަރާ ކުރަނީ

Apr 8, 2019
5

ހދ. ނެއްލައިދޫއިން ގިނަ ގިނައިން ކަރަންޓު ކެނޑި، އާންމު ދިރިއުޅުމަށް އުނދަގޫވެފައިވާތީ އެ ރަށު ރައްޔިތުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ފެނަކައިން ކަރަންޓް ދޭ އެ ރަށުގައި މިއަދު ބައެއް މީހުން އަޑު އުފުލުމުގެ ގޮތުން އެއްވީ ފެނަކައިގެ އިންޖީނުގެ ސަރަހައްދަށެވެ.

މުޒާހަރާ ކުރަން އިސްވެ ނުކުތް އެކަކު ބުނީ މުޒާހަރާގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރުން ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދުން ކަމަށެވެ. ރަށުގެ ގިނަ އަންހެނުންތަކެއް ވެސް ބައިވެރިވި މުޒާހަރާގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލި އެވެ.

ނެއްލައިދޫއިން އިރުއިރުކޮޅުން ކަރަންޓު ކެނޑާތާ ދެ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. ސްކޫލުން ވެސް ކަރަންޓު ދާތީ ކިޔައިދިނުމަށް ވެސް ވަނީ ދަތިވެފަ އެވެ. ބައެއް ގަޑިތައް ކުލާސް ރޫމުން ބޭރުގައި ވެސް ނަގައިދޭން ޖެހެ އެވެ.