އިންޑިއާއިން ރާއްޖޭގެ ސްކޫލްތަކުގެ ކްރިކެޓް ޓީމްތަކަށް ޖާޒީ ހަދިޔާ ކޮށްފި އެވެ.
މާލެ ކްރިކެޓް އިންޑޯ ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ސަންޖޭ ސުންދީިރު ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ކްރިކެޓް ޓީމްތަކަށް ޖާޒީ ހަދިޔާ ކޮށްފަ އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަަރު ޑރ. އައިޝަތު އަލި ވިދާޅުވީި މިއީ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގެ ކުދިން ކުރިމަމަގުގައި އައިޕީއެލް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ފެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ސްކޫލްތަކުގެ ކްރިކެޓް ޓީމުތަކަށް ޖާޒީ ދީފައިވާއިރު ރާއްޖޭގެ ސްކޫލްތަކުގައި ކްރިކެޓު ޓީމްތައް ވަނީ ކުރިއަށްވުރެ އިތުރުވެފަ އެވެ.