ދުނިޔެ

ބްރެކްސިޓް: އަނެއްކާވެސް މުއްދަތު އިތުރުކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިއްތިހާދުން ވަކި ވުމުގެ މަސައްކަތުގައި ހައްލު ހޯދަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ ފައްޓަވާފައިވާ މަސައްކަތް ހަ މަސް ދުވަސް ލަސް ކުރަން އީޔޫއިން އިނގިރޭސީންނަށް މަޖުބޫރު ކޮށްފި އެވެ.

ބްރެކްސިޓް މައްސަލާގައި ހައްލެއް ހޯދަން އެންމެ ފަހުން ދީފައިވާ ތާރީހަކީ 31 އޮކްޓޯބަރެވެ. ނަމަވެސް އީޔޫއިން ވަކިވުމުގެ މައްސަލާގައި ބޮޑުވަޒީރު މޭ މިހާތަނަށް ކުރައްވާފައިވާ ހުރިހާ މަސައްކަތެއް ވެސް އެގައުމުގެ ޕާލަމަންޓުގެ ރުހުން ނުލިބުމުގެ ސަބަބުން ވަނީ ނާކާމިޔާބުވެފަ އެވެ.

ބްރަސަލްސް ގައި ބޭއްވުނު ޔޫރަޕިއަން ޔޫނިއަން ގެ ބައްދަލުވުމެއްގައި ކުރެވުނު ފަސް ގަޑިއިރުގެ ބަހުސްތަކަށް ފަހު ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ޔޫކޭއަށް އިލްތިމާސް ކޮށްފައިވަނީ މިފަހަރު ދެވޭ ވަގުތު ބޭކާރު ނުކުރުމަށެވެ.

ޔޫރަޕިއަން ޔޫނިއަނުން ވަކިވުމަށް 23 ޖޫން 2016 ގައި އިނގިރޭސިވިތާލުން ނެގި އާންމު ވޯޓަކުން އެގައުމުގެ 52 ޕަސެންޓް މީހުން އީޔޫއިން ވަކިވާން ބޭނުންވާކަން އެނގިފައި ވެއެވެ.

މިހާތަނަށް އައިއިރު ޔޫކޭގެ ޕާލިމަންޓުން 3 ފަހަރުގެ މަތިން ވަނީ މިކަމާ ދެކޮޅުހަދާފައި ވެއެވެ.