މާފުށީ ޖަލު

ގައިދީންގެ މަސައްކަތްތައް ހިމެނޭ ފެއާ ރައީސް ހުޅުވައި ދެއްވައިފި

Apr 12, 2019

ގައިދީންގެ އުފެއްދުންތަކުގެ ފެއާ "ކަމާކެމި" ނުވަތަ އިންމޭޓްސް ކްރިއޭޓިވް ފެއާ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް މި ފެއާ ހުޅުއްވައި ދެއްވައިފައި ވަނީ މިއަދު ހަވީރު ކ. މާފުއްޓަށް ވަޑައިގެން އެ ރަށު ސްކޫލުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.

ސަރުކާރުގެ މައި ޖަލު ހުންނަނީ މާފުށީގަ އެވެ.

މިފެއާ އަކީ މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރާ ގައިދީންގެ މަސައްކަތްތައް ދައްކާލަން ކަރެކްޝަނަލް ސާވިސް އިން އިންތިޒާމްކުރި ފެއާއެކެވެ. ރައީސްގެ ދެކަނބަލުން މިއަދު މާފުއްޓަށް ވަޑައިގެން މި ފެއާ ހުޅުއްވައިދެއްވުމަށްފަހު، އެ މައުރަޒް ބައްލަވާލެއްވި އެވެ.

މި ރަސްމިއްޔާތުގައި ކަރެކްޝަނަލް ސާވިސް އިން ވަނީ ރައީސަށް ހަނދާނީ ހަދިޔާއެއް ވެދުން ކުރި އެވެ.