ހަބަރު

ވޯޓް ބާތިލް ކުރާނެ ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ: ޝަރީފް

Apr 14, 2019
3
ޕީއެންސީއާއެކު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވާހަކަ ދައްކަވަނީ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން ބޭއްވި މިދިއަ ހަފުތާގައި ބޭއްވި އިންތިހާބުގެ އެއްވެސް ދާއިރާއެއްގެ ވޯޓް ބާތިލް ކުރާނެ ގާނޫނީ ހުއްޖަތެއް ނުދެއްކޭނެ ކަމަށް އީސީގެ ރައީސް ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ޓްވީޓެއް ކުރެއްވަ އެވެ. އޭނާ އެހެން ވިދާޅުވެ ޓްވީޓެއް ކުރެއްވީ ތުޅާދޫ ދާއިރާގެ ވޯޓް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއަކާ ގުޅިގެނެވެ.

އެއްވެސް ދާއިރާއެއްގެ އިންތިހާބު ބާތިލު ކުރާނެ ހުއްޖަތެއް ނުދެއްކޭނެ ކަމަށް ޝަރީފު ވިދާޅުވި ނަމަވެސް އޭގެ ތަފުސީލަށް ވަޑައިގެންފައެއް ނުވެއެވެ.

ތުޅާދޫ ދާއިރާގެ ވޯޓް ބާތިލް ކުރަން އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ދެމީހަކު ވާހަކަ ދައްކާފައިވާ އޯޑިއޯގައި އެކަކު ބުނަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދީއްތަ ދުވަހުގެ ހެނދުނުގައި ކަމަށެވެ. ދެވަނަ މީހަކު ބުނާ ގޮތުން އޭނާ އަތުގައި ޕީޕީއެމުން ދިން ސިޓީ އާއި އީސީން ޕީޕީއެމަށް ދިން ސިޓީގެ ޖަވާބު އަބައޮތެވެ.

އިންތިހާބުގައި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ހިސާން ހުސައިނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަބްދުއްލަޠީފު

އާބާދީ މަދު ދާއިރާތަކަށް ވާދަކުރީވެސް ފައިސާ ބަހައިގެން ކުރިހޯދަންކަން ޔަގީން. ފައިސާގެ ދަހިވެތިކަމުގައި ވޯޓު ވިއްކާ ޚިޔާނާތްތެރިވެ އެތަކެއް ބައެއްގެ ޙައްގުތައް ނިގުޅައިގަތުމަށް މަގުފަހިކޮށްދިން މީހުންނަށް އޭގެ ހިތި ފެންނާނެ އިންޝާ ﷲ

ތިމާވަރެއްނެތް މީހާ

މިއީ ކިހާ ހިސާބަކުން އައިސް ހުރި މީހެއްބާ؟ ޤާސިމަށް ވޯޓް އިތުރު ނުވޭތަ؟ އާދަމް ޝަރީފް ގެ ވޯޓަށް ބަދަލު ނާދޭތަ؟ ސައީދުގެ ވޯޓްގައި ތަފާތެއް ފާހަގަ ނުވޭތަ؟ މިއީ ގުނި ވޯޓުން އައިބަދަލު، އެހެން ދާއިރާ އެއްގެ ވޯޓް ކަރުދާ އެ ދާއިރާ ނޫން މީހަކަށް ނުދެވޭތަ؟ މިކަންކަން މިބުނި ގޮތައް ނު ހިނގާތަ؟ ވޯޓްގެ ޞައްޙަކައް ގެއްލޭ ފަދަ އެންމެ ކަމަކީ ވެސް ވޯޓް ބާތިލް ވާނެ ކަންކަމެއް ނޫންތަ؟ ތިމާގެ ނާގާބިލް ވާހަކަ ގޮވިޔަ ނުދީ ހުރެވޭތޯ ބަލާބަލަ.

ކިއުން

ތުަލާދޫ ދާއިރާގެ ބައެއް މީހުންނަށް ބޮދެތި އަދަދުން ފައިސާތައް ބަހާފައިވޭ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910