ހަބަރު

ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސް: ރައީސް ސޯލިހު

ދިވެހި ބަހަކީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ، އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓްގައި ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރާ ކަމަށާއި، ދިވެހި ބަހަކީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގެ މައިގަނޑު އަސާސް ކަމަށެވެ.

"ދިވެހި ބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެ އެވެ. ލިޔެވޭނެ އެވެ" ރައީސްގެ ޓުވީޓްގައި ވިދާޅުވެފައި ވެެއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓް

ކޮންމެ އަހަރެއްގެވެސް އެޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ސަރުކާރުން ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި އަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޔާރަކީ "ބުނާނީ ލިޔާނީ ސާފު ދިވެހިން ބަހުން" އެވެ. އެ ޝިޔާރުން ބާރު އަޅަނީ ދިވެހި ބަހުން މުއާމަލާތު ކުރެވެން އޮތް ކޮންމެ ހާލެއްގައި ކުރުމަށެވެ.