ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހި ލިޔުންތައް އިތުރުކުރަން ރައީސް އިލްތިމާސްކުރައްވައިފި

ދިވެހި ބަސް ދިރުވާ އާލާކުރުމަށް ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ވަނީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށްދީ ދިވެހިބަސް ދިރުވާ އާލާކުރުމަށް ދިވެހިބަހުގެ ލިއުންތައް ލިއުން އިތުރުކުރަން އިލްތިމާސްކުރައްވާފަ އެވެ. މީގެ އިތުރުން ދިވެހި ބަހަށް ޒުވާނުންނާއި ކުޑަކުދިން އިތުރަށް ޝައުގުވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ލިޔުންތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖުލައި މަހުގެ އަށްވަނަ ދުވަހެވެ.

ލިޔުންތެރިންގެ ދުވަސް ފުރަތަމަ ރާއްޖޭގައި ފާހަގަކުރީ 1993 ވަނަ އަހަރު އެވެ. ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއް ގޮތުގައި ދިވެހި ބަހުން ކަނޑައަޅާފައިވަނީ "މުޖުތަމައުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.

ގައުމީ ފެންވަރުގައި ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި ބަސް ދިރުވާ އާލާކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ.