ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮޕީ ރަޝީދުގެ ތައުޒިޔާ ފޮތުގައި ރައީސް ސޮއިކުރައްވައިފި

Nov 16, 2021

ކޮޕީ މުހައްމަދު ރަޝީދުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހެނދުނު ސޮއިކުރައްވައިފި އެވެ.

ރައީސް ސޯލިހް ލިޔުއްވި ބަޔާނުގައިވާ ގޮތުގައި ކޮޕީ ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމައަށް ވަރަށް އަގުހުރި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، އެބޭފުޅާ ދިވެހި ގައުމަށް ދޫކުރެއްވީ ވަރަށް އަގު ބޮޑު އަދަބީ ތަރިކައެއް ކަމުގަ އެވެ. ކޮޕީ ރަޝީދު ވަކިވެދިޔުމަކީ ދިވެހި ގައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއް ކަމުގައި ވެސް ރައީސް ލިޔުއްވާފައިވެ އެވެ.

ކޮޕީ މުހައްމަދު ރަޝީދު މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވީ ސްޓްރޯކެއް ޖެހި ވަރަށް ބޮޑަށް ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.