ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އާއްމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރެއް ހޯދަން ކުރި އިއުލާނުގެ ދަށުން ހަތަރު ފަރާތެއް ހަމަޖަައްސައިފި އެވެ.
2019 ވަނަ އަހަރުން 2020 ވަނަ އަހަރަށް ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހަ ފަރާތަކުން ކުރިމަތިލައްވާފައިވެ އެވެ.
އެސްޓީއޯއިން ކުރި އިއުލާނަށް ނަން ހުށަހެޅުމުގެ ފުރުސަތުގައި މަގާމަށް ނަން ހުށަހެޅި ފަރާތްތަކުން ހުށަހެޅި ޑޮކިއުމަންޓްތަކާއި، ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީއިން ކުރި އިންޓަވިއުއަށް ބެލުމަށް ފަހު މަގާމަށް އިންތިހާބްކުރުމަށް އެންމެ ގާބިލް ހަތަރު ފަރާތެއް ވަނީ ޑިިރެކްޓަރުންގެ ބޯޑުން ފާސް ކޮށްފަ އެވެ.
ކެނޑިޑޭޓް ނަންބަރު 1 – އައިޝަތު ފަޒީނާ
އަލްފާޟިލާ ޢާއިޝަތު ފަޒީނާ އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (ބިޒްނަސް ސްކޫލް) ގެ އެސޯސިއޭޓް ލެކްޗަރަރއެކެވެ. އަދި އޭނާއަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އަދި މޯލްޑިވްސް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ޕލކ ގެ ބޯޑު ޑިރެކްޓަރއެކެވެ. މީގެ އިތުރުން، އަމިއްލަ މަސައްކަތުގެ ގޮތުގައި، ކޮންސަލްޓަންސީ އަދި އޮޑިޓިންގ ގެ މަސައްކަތްވެސް ކުރައްވައެވެ. އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްރޮޖެކްޓް އޮފިސަރކަން، ވިލާ ކޮލެޖުގެ ވިޒިޓިންގ ލެކްޗަރަރކަން އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކގެ ބޯޑު ޑިރެކްޓަރކަންވެސް ކުރައްވާފައެވެ.
އަލްފާޟިލާ ޢާއިޝަތު ފަޒީނާ ވަނީ އޭ.ސީ.ސީ.އޭ އެފްލިއޭޓް މެމްބަރޝިޕް އަދި ބެޗެލަރ އޮފް ސައިންސް (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ އާއި ސީ.އޭ.ޓީ ހައްދަވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފައެވެ. ހަމަމިއާއެކު އޭނާ ވަނީ ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ އަދި، ސިންގަޕޯރ އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ފުރިހަމަކުރައްވާފައެވެ.
އަލްފާޟިލާ ޢާއިޝަތު ފަޒީނާއަކީ 2017 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ 1 ހިއްސާގެ ވެރިފަރާތެވެ.
ކެނޑިޑޭޓް ނަންބަރު 2 – އަލްފާޟިލާ އާމިނަތު ރުޝްމާ
އާމިނަތު ރުޝްމާއަކީ ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ސީނިއަ ޓްރެއިނިން ކޯޑިނޭޓަރެކެވެ. އަދި މެޕްސް ކޮލެޖްގެ ލެކްޗަރައެކެވެ. ރުޝްމާ ވަނީ އިންޓަރނެޝަނަލް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަން، ބީހައިވް ނަލަހިޔާ ހޮޓަލްގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވްކަން އަދި، ސިވިލް ސަރވިސް ކޮމިޝަންގެ ޕަބްލިކް ރިލޭޝަން އޮފިސަރުކަމާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އޮފިސަރކަންވެސް އަދާކުރައްވާފަ އެވެ.
ރުޝްމާވަނީ މާސްޓަ އޮފް މެނޭޖިރިއަލް ސައިކޮލޮޖީ، ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އިން ހިއުމަން ރިސޯސް މެނޭޖްމަންޓް، ބީޓެކް ނެޝެނަލް ޑިޕްލޮމާ އިން ޓްރެވަލް އެންޑް ޓުއަރިޒަމް އަދި އައި.އޭ.ޓީ.އޭ ޑިޕްލޮމާ އިން އެއަލައިން ޓިކެޓިން، ރެޒަވޭޝަން އެންޑް މާކެޓިންގ ހައްދަވާފަ އެވެ.
އައިމިނަތު ރުޝްމާއަކީ 2019 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތެވެ.
ކެނޑިޑޭޓް ނަންބަރު 3 – މަންސޫރު ޒުބައިރު
މަންސޫރު ޒުބައިރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ސްޓެޓިސްޓިކް ޑިވިޝަންގެ އެސިސްޓަންޓު އެގްޒެކްޓިވް ޑިރެކްޓަރުގެ އިތުރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަދި ޕެކްޓޮރާ އެންޓަޕްރައިސެސްގެ ބޯޑު ޑިރެކްޓަރެކެވެ. އޭނާ ވަނީ ބީ.ބީ އިންވެސްޓްމަންޓް ގެ މެނޭޖިންގ ޑިރެކްޓަރުކަން، މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން، މޯލްޑިވްސް ރެޑް ކްރެސެންޓުގެ ފައިނޭންސް ކޮމިޝަންގެ މެމްބަރުކަން އަދި މެމް.އެމް.އޭގެ އިންފޯމޭޝަން އޮފިސަރ / މީޑިޔާ އޮފިސަރުކަމާއި މިނޫންވެސް ގިނަ މަޤާމްތަކެއް އެމް.އެމް.އޭގައި އަދާކުރައްވާފަ އެވެ.
މަންޞޫރު ޒުބައިރު ވަނީ މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލަރ އޮފް ކޮމަސް އިން ބޭންކިން އެންޑް ފައިނޭންސް، އެޑްވާންސް ޑިޕްލޮމާ އިން ކޮމާސް އަދި، ސްޓެސްޓިކަލް ޓްރެއިނިން ޑިޕްލޮމާއެއް ފުރިހަމަކުރައްވާފަ އެވެ. މީގެ އިތުރުން، އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަ ޓްރެއިނިން ޕްރޮގްރާމްވެސް ފުރިހަމަކުރައްވާފަ އެވެ. ހަމަމިއާއެކު، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ އަދި ސިންގަޕޯ އިންސްޓިޓިއުޓް އޮފް ޑިރެކްޓަސްގެ އެގްޒެކެޓިވް ސެޓިފިކޭޓް އިން ޑިރެކްޓަރޝިޕް ޕްރޮގްރާމްގެ ގިނަ މޮޑިއުލްތައް ފުރިހަމަކުރައްވާފަ އެވެ.
މަންޞޫރު ޒުބައިރަކީ 2006 ވަނަ އަހަރުން ފެށިގެން މި ކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތެވެ.
ކެނޑިޑޭޓް ނަންބަރު 4 – މުހައްމަދު އިމްތިޝާލް އަހްމަދު
މުހައްމަދު އިމްތިޝާލް އަހްމަދު މިހާރު އަދާކުރައްވާ މަގާމްތަކުގެ ތެރޭގައި ޑެނިކޮން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގެ މެނޭޖަރުކަން، ޔޫ ޓުއަރޒް މޯލްޑިވްސްގެ ޑިރެކްޓަރުކަން، އަދި ރަބާހް އިންޓަނެޝަނަލްގެ މެނޭޖިން ޑިރެކްޓަރުކަން ހިމެނެ އެވެ. މީގެ އިތުރުން އޭނާވަނީ ކުޑަފަރި ޔޫތު މޫވްމަންޓުގެ އިލެކްޓެޑް ޖެނެރަލް ސެކްރެޓަރީކަން، ސްރީ ލަންކާގެ ސްޓޫޑަންޓް އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީކަން އަދި ކްލިކް ކޮލެޖްގެ ޑަބްލިއު.އައި.ޓީ.ޓީ.އެސް ގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓްކަންވެސް ކުރައްވާފަ އެވެ.
މުހައްމަދު އިމްތިޝާލް އަހްމަދު ވަނީ ޑިޕްލޮމާ އިން ޓުއަރިޒަމް މެނޭޖްމަންޓް، ޑިޕްލޮމާ އިން ވެބް ޑިޒައިނިން އަދި ޑިޕްލޮމާ އިން މެނޭޖްމަންޓް ފުރިހަމަކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ބެޗެލަރސް ޑިގްރީ އިން މެނޭޖްމަންޓް އެންޑް މާކެޓިން ގެ ބައެއް މޮޑިއުލްތައް ފުރިހަމަކުރައްވާފަ އެވެ.
މުހައްމަދު އިމްތިޝާލް އަހްމަދަކީ 2019 ވަނަ އަހަރުން ފެށިގެން މިކުންފުނީގެ އެއް ހިއްސާގެ ވެރިފަރާތެވެ.