ދުނިޔެ

ފޭސްބުކް، ވަޓްސްއެޕާއި އިންސްޓަގްރާމްގެ ހިދުމަތަށް ބުރޫއަރައިފި

ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ވަޓްސްއެޕްގެ ހިދުމަތަށް އިއްޔެ ބުރޫއަރައި ތިން ގަޑިއެއްހާއިރަށް މެދު ކެނޑިއްޖެ އެވެ.

ފޭސްބުކާއި އިންސްޓަގްރާމާއި ވަޓްސްއެޕްގެ ހިދުމަތް އިއްޔެ މެދުކެނޑުނު އިރު ރިޕޯޓްތައް ބުނެފައި ވަނީ މަޝްހޫރު އެ ތިން އެޕް ބޭނުން ކުރާ އެތައް ހާސް ބަޔަކު ދުނިޔޭގެ އެތައް ހިސާބަކުން އިއްޔެ ޝަކުވާތައް ބަންޑުކޮށްލި ކަމަށާއި އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް އިއްޔެ ތިން ގަޑި އިރު ވަންދެން ވަނީ "ކަމެއް ގޯސްވެއްޖެ" ކަމުގެ މެސެޖު ލިބުނު ކަމަށެވެ.

އިއްޔެ ދިމާވި އެ މައްސަލަ މިހާރު ވާނީ ހައްލުކޮށްފަ އެވެ. އޭގެ ތަފްސީލުތައް އާންމުކޮށްފައެއް ނުވެ އެވެ.

މިދިޔަ މާޗް މަހު ފޭސްބުކް އަށް މިކަހަލަ މައްސަލަތަކެއް ދިމާވެ ފޭސްބުކް ގެ ހިދުމަތްތަށް ބޭނުން ނުކުރެވި 24 ގަޑިއިރަށްވުރެ ގިނަ އިރުވި އެވެ.