ހޫނު ގަދަ ދުވަސް ދުވަހު ކަރުހިއްކުން ފިލުވައިލާ މެއަށް ފިނިކޮށްލުމަށް ބޭނުން ވެއެވެ. ގިނައިން ހަކުރު އެޅި ބުއިންތަކާއި ކެފެއިން ހިމެނޭ ބުއިންތަކުގެ ބަދަލުގައި ހޫނު ގަދަ ދުވަސްވަރު އެންމެ ރަނގަޅީ ފެން ބުއިމެވެ. ފެނަކީ ހަށިގަނޑަށް އެއްވެސް ބޭކާރު ކެލޮރީއެއް އިތުރު ނުކޮށް މީހާ ހައިޑްރޭޓްކޮށްލައި ދޭ އެއްޗެއްކެވެ. އެހެންކަމުން ހޫނު ދުވަސްވަރު ކަރު ހިއްކުން ފިލުވަން ބޯން އެންމެ ރަނގަޅީ ފެނެވެ.
ތަރުކާރީ އާއި މޭވާގެ ތެރޭގައިވެސް ފެން ގިނަ ބާވަތްތަށް އެކުލެވިގެންވެއެވެ. މި ދުވަސްވަރު ފެން ބުއިމާއި އެއްކޮށް މި ބާވަތްތަށް ބޭނުންކުރުން ރަނގަޅެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް މޭވާ އަކީ ކަރާއެވެ. މިއީ ދިވެހިންގެވެސް ފެވަރިޓެކެވެ. ކަރާގއި 92 ޕަސެންޓަކީ ފެނެވެ. ކަރާ ކެއުމުގެ އިތުރުން ހޫނުގަދަ ދުވަސްވަރަށް ކަރާއިން ހާއްސަ ފިނި ބުއިމެއް ތައްޔާރު ކުރެވިދާނެ އެވެ. މިގޮތުން މެލަނޭޑް މިއީ ކަރުހިއްކުން ފިލުވާލާ މީހާ ތާޒާކޮށްލުމަށް އެހީތެރިވެދޭނެ އެއްޗެއްކެވެ. އާއްމުކޮށް އަހަރެމެން ގިރާ ޖޫހާއި ކުޑަކޮށް ތަފާތު މި ބުއިން އަޖުމަބަލާލަން ރަނގަޅެވެ.
މެލަނޭޑް
ބޭނުންވާ ތަކެތި
5 ޖޯޑު ކަރާ ކޮށާފައި
3 ޖޯޑު ފެން
1 ޖޯޑު ހަކުރު (ބޭނުމިއްޔާ)
¾ ޖޯޑު ބޮޑު ލުނބޯ ޖޫސް
ތައްޔާރު ކުރާނެގޮތް
ކަރާގެ އޮށްތަށް ނެގުމަށްފަހު ބްލެންޑަރު ރަނގަޅަށް ހުރިހާއެއްޗެއް އެއްކޮށްލާ ބްލެންޑްކޮށްލާށެވެ. އެއަށްފަހުން އައިސް ކިއުބް ބިއްލޫރި ތަށްޓަކަށް އަޅާ މެލަނޭޑް ސާރވް ކުރާށެވެ.
ހައިޑްރޭޓްކުރުމަށް ކިއުކަމްބަރ ވަރެއް ނެތް!
އެއް ޖޯޑު ކޮށާފައި ހުންނަ ކިއުކަމްބަރ ގެ ބަރުދަނުގެ 95% އަކީ ފެނެވެ. އެހެންކަމުން ކިއުކަމްބަރ އަކީ އެންމެ ހައިޑްރޭޓްކޮށްލަދޭ ތަރުކާރީއެވެ. ހޫނުގަދަ މިދުސްވަރު ކިއުކަމްބަރ އާއި އޭގެ ސަލަޑް ޕާޓްނަރ ލެޓިއުސް އިން ހަދާފައިވާ ހުންނަ ސަލަޑް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުންވެސް ކިއުކަމްބަރ ބޭނުންކޮސްގެން ހައިޑްރޭޓްކުރުމަށް ހާއްސަ ޖޫހެއްވެސް ތައްޔާރުކުރެވިދާނެއެވެ.
ގްރީން ޖޫސް!
ކިއުކަމްބަރ، އާފަލު އަދި ސެލެރީއާއި އެކު މެޔަށް ފިނިކޮށްލުމަށް ހާއްސަ ޖޫހެއް ތައްޔާރުކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި
1 ކިއުކަމްބަރ
1 ފެހި އާފަލު
1 ސެލެރީ ސްޓޯކް
ތައްޔާރު ކުރާނެ ގޮތް!
މިއީވެސް ތައްޔާރުކުރުމަށް ފަސޭހަ އެހާ ހައިޑްރޭޓްކޮށްދޭ ޖޫހެކެވެ. މި ޖޫސް ތައްޔާރުކުރުމަށް ކިއުކަމްބަރ މަށާލުމަށްފަހު މި ހުރިހާ ތަކެތި އެއްކޮށް ބްލެންޑަރަށް އަޅާ ޖޫސްތަށްޓެއް ގިރާލާށެވެ. ބެލްންޑް ކުރުމަށްފަހު އެއްފަހަރު ފުރޭނިއެއް ބޭނުންކޮށްގެން ފުރާނާލާ ސާރވް ކުރާށެވެ.
ކުރުނބާ އާއި ސްޓްރޯބެރީ އެއްކޮށްލުމުން ސަޅި!
ހޫނުގަދަ ދުވަސްވަރު ހައިޑްރޭޓްކުރުމަށް ކުރުނބާވެސް ރަނގަޅެވެ. ކުރުނބާފެނާއި ސްޓްރޯބެރީއާއި އެއްކޮށްލާ މި ހާއްސަ ބުއިމަކީ ބޮޑެތިމީހުންގެ އިތުރުން ކުޑަކުދިންވެސް ގަޔާވާނެ ރަހައެއްކަން ޔަގީނެވެ. މަޑު މީރު ފޮނި ފްލޭވަރ އެކެވެ.
ބޭނުންވާނެ ތަކެތި
1 ޖޯޑު ސްޓްރޯބެރީ ( ދޮވެފައި، މެދުން ފަޅިކޮށްފަ)
2 ޖޯޑު ކުރުނބާ ފެން
½ ޖޯޑު ލެމެނޭޑް
ތައްޔާރު ކުރާނެގޮތް
ސްޓްރޯބެރީ އާއި ކުރުނާބާ ފެން ބްލެންޑަރަށް އަޅާ ރަނގަޅަށް ބެލްންޑްކޮށްލާސޭވެ.
ބިއްލޫރި ތަށިތަކުގެ މެދާއި ހަމައަށް ޖޫސް އަޅާށެވެ.
އެއަށްފަހު ¼ ޖޯޑު ގެ ލެމަނޭޑް ކޮންމެ ތަށްޓަކަށް އަޅާށެވެ.
އައިސް އާއި ސްޓްރޯބެރީއާއި އެކު ސާރވް ކުރާށެވެ.
ލުނބޯފަނި ޓްވިސްޓަކާއި އެކު!
ހައިޑްރޭޓްކުރުމަށް ލުނބޯފަނި ވަރެއް ނެތެވެ. އާއްމުކޮށް ލުނބޯފަނި މި ގިރަނީ ހަކުރާއި ފެން އަޅައިގެންނެވެ. މީގެ ބަދަލުގައި ލުނބޯ އާއި ފެނާއި މާމުއި އާއި އެއްކޮށް ގިރާ ކުދިކޮށް ކިއުކަމްބރ ކޮށާފައި އެޅިދާނެއެވެ. އަދި މީގެ ތެރެއަށް ރަހަލައްވަން މިންޓްފަތެއް ލެވިދާނެއެވެ. މިގޮތަށް ތައްޔާރުކުރާ ހާއްސް ލުނބޯފަނީގެ ސަބަބުން މީހާ ހައިޑްރޭޓްކޮށްދިނުމުގެ އިތުރުން ހަށިގަނޑު ޑީޓޮކްސްވެސް ކޮށްދެއެވެ.