ހަބަރު

އަނބުރައިގަނެ ސައިކަލުން ވެއްޓުނު މީހެއްގެ ބޯފެޅިއްޖެ

ސައިކަލެއް ދުއްވާފައި ދިޔަ މީހަކު އަނބުރައިގަނެގެން ވެއްޓި ބޯ ބޯފަޅައިގެން ގޮއްސި އެވެ.

ފުލުހުން ބުނީ މާލޭގެ ލިލީމަގުން މިއަދު 10:30 އެހާކަންހާއިރު ދުއްވާފައިދިޔަ ފިރިހެނަކު އަނބުރައިގަތުމުގެ ސަބަބުން ސައިކަލާއެކު ވެއްޓި ބޯ ފަޅައިގެން ގޮސްފައިވާ ކަަމަށެވެ. އަދި އެމީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި، އެ ހާދިސާގައި ވެއްޓުނު މީހާގެ ސައިކަލުން އެމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައިވެސް ޖެހުނު ކަމަށެވެ. އޭނާއަށް ގެއްލުމެއް ނުވެއެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނު ގަދަވެފައިިވާ ދުވަސްވަރަކަށްވުމުން، އެކަމަށް ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ވެސް ވަނީ އަންގާފަ އެވެ. ހޫނު ގަދަވުމުގެ ސަބަބުން ވެސް ބޮލަށް އެނބުރުން އެރުމަކީ އެކަށީގެންވާ ކަމެކެވެ.