ހަބަރު

ސިފައިންގެ ޝަރަފުގެ ހިނގާލުން ހުކުރު ދުވަހު

Apr 16, 2019

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުން އަންނަ ހުކުރު ދުވަހު މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ޝަރަފުގެ ހިނގާލުން އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ފެށިގެން ކަޅުތުއްކަލާ ކޮށްޓާއި ހަމައަށް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ޝަރަފުގެ ހިނގާލުން ފަސް ސަރަހައްދެއްގައި މަޑުކުރުން ހަމަޖެހިފައިވާ ކަމަށެވެ. އެއީ މުލިއާގެ ކައިރިއާ ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމައްޗާއި މަޖީދީމަގާއި ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަޗާއި މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީ ކަމަށެވެ.