ހަބަރު

ދިގު ޒާހިރުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް

Apr 17, 2019
2

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހ. ބުރެވިމާގޭ މުހައްމަދު ޒާހިރުގެ (ދިގު ޒާހިރު) ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް ބާއްވަވަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ހޯމް މިނިސްޓްރީން އިންތިޒާމް ކުރާ އެ ޖަލްސާ އޮންނާނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ.

ޒާހިރަކީ، 63 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. ޒާހިރު އަވަހާރަވީ މިދިޔަ މާރިޗު މަހުގެ 15 ވަނަ ދުވަހު އެވެ.