ފައިސަލް ނަސީމް

އެކްސިޑުންޓްތައް ގިނަވުމަކީ ބޮޑު "ޑިޒާސްޓާއެއް": ނައިބު ރައީސް

ރާއްޖޭގައި ހިނގަމުންދާ އެކްސިޑެންޓްތަކަކީ މިހާރު ގައުމަށް ދިމާވެފެއިވާ އެންމެ ބޮޑު އެއް "ޑިޒާސްޓާ" ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ގުޅިގެން ވޮލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ) ގެ ގައުމުތަކާއި ގުޅިގެން ހަދައިފައިވާ ގައުމީ ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ގޮތުން މިރޭ ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި އެކްސިޑެންޓްވުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެކަމަކީ އަޅައިނުލައި ދޫކޮށް ނުލެވޭ ވަރުގެ ކަމެއް ކަމަށެވެ.

"އެކްސިޑެންޓްތަކުގެ މައްސަލައަކީ އަޅުގަނޑުހަމަ ދަންނަވާނީ މުޅި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ޑިޒާސްޓާ ގޮތުގަ" ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ މަގުތަށް ޒަމާނީ ފެންވަރަށް ދުއްވަން ފަސޭހަގޮތަކަށް ހަދަމުންދާއިރު، އެމަގުތަށް ބޭނުންކުރަން ޖެހޭނީ އެމަގު ބޭނުންކުރާ މީހާ ނުވަތަށް އެހެން މީހަކަށް ހިތްދަތިކަން ނުލިބޭގޮތަށް ބަލައިގެން ކަމަށެވެ. އަދި ކޮންމެ މަންމަ އާއި ބައްޕައަކުގެ އެމީހެއްގެ ދަރިއާއި މެދު ފޮނި މުސްތަގުބަލެއްގެ އުއްމީދުކުރައްވާ ކަމަށެވެ. އެހެންކަމުން މިއީ ޒުވާނުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، މަގުމަތި ބޭނުންކުރާއިރު ހިނގައި ފައިދާ ފަރާތްތަކުން ދުއްވާފައިދާ އެއްޗިސަށް ދޫ ދޭން ޖެހޭނެ ކަމަށެވެ. އަދި ދުއްވާފައިދާ މީހުން ހިގައިފަ އިދާ މީހުނަށް ދޫ ދޭން ޖެހޭނެ ކަމަށެވެ. ނައިބު ރައީސް ވިދާޅުވި ބައެއް ފަރާތްތަކުން މަގުމަތި ބޭނުންކުރަމުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން އަނެއް މިހާގެ ފުރާނަ ހިގައިދާނެ ފަދަ ކަމެއް ހިގުމަކީ އެންމެ ސިކުންތް ކޮޅެއްގެ ތެރޭގައި ވެދާނެ ކަމަށެވެ.

"ކަނޑައެޅިގެން ވަކިތަނަކުން ހުރަސްކުރަން އޮންނައިރުވެސް ކުލަގަދަކޮށް އެތަން ފާހަގަކޮށްފައި އޮންނަ ނަމަވެސް އަޅުގަނޑުމެންނަށް ގިނަ ފަހަރަށް ފެންނަނީ އެތަންތަނުން ހިގައިފައިދާ މީހުނަށް މަގު ހުރަސްކުރައިދާ މީހާއަށް ޖާގަ ނުދޭތަން" ނައިބު ރައީސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، އެކްސިޑެންޓްތަށް ހިގާ މިންވަރު މަދުކުރުމަށް ބޭނުންވާ ގާނޫނޫ ނުވަތަށް ގަވާއިދު އެންމެ ފުރިހަމަ ގޮތުގައި ހެދިފައި ނެތްނަމަވެސް، ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރާނަމަ އެކްސިޑެންޓް ހިގާ މިންވަރު ގާނޫނު އަދި ގާވާއިދަކުން މަދު ކުރެވޭނެ މިންވަރަށް ވުރެ ބޮޑަށް މަދުކުރެވޭނެ ކަމަށެވެ. އަދި ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބޭފަދަ ކަމެއް ހިގުމަކީ އެކްސިޑެންޓެއް ކަމުގައި ނުބެލޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އަންނަށް އޮތް ޖީލުތަކަށް މަގުމަތީ އަދަބުތަށް ދަސްކޮށްދޭން ތިބި ބަޔަކީ މއަދުގެ ޒުވާނުން ކަމަށް ވާއިރު، އެފަރާތްތަކުން މަގުމަތީގެ ގަވާއިދަށް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެ އެވެ. ފައިސަލް ބިދާޅުވީ އިފްތިތާހު ކުރެވުނު ރޯޑް ސޭފްޓީ އެކްޝަން ޕްލޭންގެ ދަށުން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަށް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް އާދިލް، އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ސައިންސް އެންޑް ޓެކްނެލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، އަދި ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފް ވަނީ ބައިވެރިވެފަ އެވެ.