ހަބަރު

ރައީސްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ ފޭސްބުކް ޕޭޖެއް ހަދަައިފި އެވެ.

ރައީސްގެ ރަަސްމީ ފޭސްބުކް ޕޭޖެއް ހަދާ މިއަދު އިއުލާން ކުރި އިިރު އެ ޕޭޖު ވަނީ ވެރިފައިވެސް ކޮށްފަ އެވެ. ރަސްމީ އެކި ކަންކަމުގައި ރައީސް މިހާތަނަށް ބޭނުން ކުރައްވަމުން އައީ ޓްވިޓާ އެކައުންޓެކެވެ. ރައީސްގެ ޓްވިޓާ އެކައުންޓު 52،000 ވުރެ ގިނަ މީހުން ފޮލޯޯ ކުރެ އެވެ.

ފޭސްބުކް ޕޭޖުގެ ލިންކް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނަމުގައި އެކި އެކައުންޓްތައް ހަދަމުން އަންނާތީ އާއްމުންނަށް މީގެ ކުރިންވަނީ އޮޅުން އެރުމުގެ ބައެއް ކަންކަން ހިނގާފަ އެވެ. އެމަނިކުފާނަކީ ސޯޝަލް މީޑިއާގައި މީގެ ކުރިންވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.