ފޮނަދޫ

ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުން

Apr 20, 2019
3

ލ. އަތޮޅު ފޮނަދޫއަށް ބާރުގަދަ ނަގޫރޯޅިއެއް އަރައި އެ ރަށުގެ ބައެއް ގޭގެއަށާއި ރުއްގަހަށް ގެއްލުންތައް ލިބިއްޖެ އެވެ. ނަގޫރޯޅީގެ މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ ފޮނަދޫއަށް ނަގޫރޯޅިއެއް އެރީ ރޭ ފަތީ 4:20 ގައި ކަމަށައި އެ ނަގޫރޯޅީގައި އެ ރަށުގެ ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ރުކާއި ގަސް ވެއްޓި ގެއްލުންތައް ވެފައިވާ ކަމަށެވެ.

ރޭގެ ހާދިސާގައި އެ ރަށުގައި މީހުން ދިރިއުޅޭ ނުވަ ގެއެއްގެ ފުރާޅު އެއްލާލި އިރު ބޮޑެތި ގަސްތައް ބައެއް ގޭގޭ ފުރާޅު މައްޗަށް ވެއްޓިފައިވެ އެވެ. އަދި ގެއެއްގެ ވަށާފާރު ވެއްޓުނު އިރު ރަށުގެ ބަނދަރުގައި އޮތް ދެ ލޯންޗަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބުނެވެ.

ގެއްލުންވި ގޭގެއަށް އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް އެމްއެންޑީއެފާއި ރައްޔިތުން ވަނީ ފަށާފައިވާއިރު ރަށުގެ އާމުން ހާލަތު ވަނީ ގޯސްވެފައެވެ.