ދުނިޔެ

ކާބުލްގެ ސަރުކާރު އިމާރާތަކަށް ހަމަލާދީފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިމާރާތެއް ކައިރިން ބާރު ގަދަ ގޮވުންތަކެއް ގޮއްވައި ބަޑީގެ ހަމަލާތަކެއް ރައްދުކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަފްޣާންގެ މިލިޓަރީގެ ތަރުޖަމާން ނަސްރަތު ރަހިމީ ވިދާޅުވި ގޮތުގައި ރައީސްގެ ގަނަޑުވަރުކޮޅު ވެސް ހުންނަ ހިސާބާ ގާތުން ކާބުލްގެ މަޝްހޫރު ހޮޓަލެއްގެ ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލާފައިވާ ކަމަށެވެ.

އެއްވެސް ޖަމާއަތަކުން މިހާތަނަށް މި ހަމަލާގެ ޒިންމާ ނަގާފައި ނުވާއިރު ހަމަލަ ދިން މީހުންނާއި އަފްޣާންގެ ސަލާމަތީ ބާރުތަކާއި ދެމެދުގެ ބަޑީގެ ހަމަލާތައް މިހާރުވެސް ކުރިއަށް ދާކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާ ދީފައި މިވަނީ އަފްޣާން ސަރުކާރާއި ތާލިބާން ހަނގުރާމަވެރިންނާއި ދެމެދު ބޭއްވި ސުލްހައިގެ ވާހަކަތައް ބޭކާރުވެގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.