މެންޗެސްޓާ ސިޓީ

ޗެމްޕިއަންސް ލީގް ހިތްދަތި ކަމުން ސިޓީ އަރައިގެންފި

ބަދަލު ހިފުން މިއީ އެންމެ ރަނގަޅު ބަސް ކަމުގައި ނުވެދާނެ އެވެ. ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން މެންޗެސްޓާ ސިޓީ ކަޓައިގެން ދިޔައީ ޓޮޓެންހަމްހޮޓްސުޕާސް އަތުން އަވޭގޯލްގެ ނަތީޖާއިންނެވެ.

އެ މެޗުގައި، ޓޮޓެންހަމްއިން ޖެހި ތިން ވަނަ ލަނޑާ މެދު ސުވާލު އުފެދުނެވެ. ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗުންވެސް މޮޅުވީ ސިޓި އެވެ. އިއްޔަ ކުޅުނު މެޗަށް ނިކުތްއިރުވެސް ސިޓީއަށް އެ ހިތްހަމަ ޖެހުން އޮތެވެ.

މެޗަށް ޓޮޓެންހަމްވެސް ނިކުތީ ބަދަލު ތަކާއެކު، މިއީ 11 ދުވަސް ތެރޭގައި ޓޮޓެންހަމްއާ ދެކޮޅަށް ސިޓީ ނިކުތް ތިން ވަނަ މެޗެވެ. ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މެޗުގެ ފަސް ވަނަ މިނެޓްގައި ފިލް ފޯޑެން އެވެ.

މެޗުން މޮޅުވެ، ސިޓީ ވަނީ އަނެއްކާވެސް ތާވަލުގެ އެއް ވަނައަށް ޖެހިލައި ވާދަވެރި ލިވަޕޫލަށް ޕްރެޝަރު ކޮށްފަ އެވެ. ސިޓީ އާއި ލިވަޕޫލާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. މިރޭ ކާޑިފް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ތާވަލުގެ އެއް ވަނައަށް ލިވަޕޫލަށް އަލުން ޖެހި ލެވޭނެ އެވެ.